މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.
މިފްކޯއިން މި ގެނައި ބަދަލާއެކު، ކޮންމެ ކަސްޓަމަރަކަށްވެސް މިހާރު އެންމެ ގިނަވެގެން ވިއްކަނީ އެއް ކޭސް މަސްދަޅެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ޖެހުނީ މިފްކޯގެ ސްޓޮކް ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް، މިފްކޯގެ އެހެނިހެން އުފެއްދުންތައް، އޭގެ ތެރޭގައި ފެން މަސްދަޅު ފަދަ ތަކެތި އެއްވެސް ކޮންޓްރޯލެއް ނެތި ކުރިއެކޭވެސް އެއްގޮތަށް ބާޒާރުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ބަދަލު އައިސްފައި މިވަނީ، މީގެ ދެ ދުވަސް ކުރިން މިފްކޯއިން ތެޔޮ މަސްދަޅު ކޭހެއްގެ އަގު ބޮޑުކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކާއި ޝަކުވާތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށެވެ.
އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، މިފްކޯއިން ވަނީ އަގު ބޮޑުކުރި ނިންމުން އަނބުރާ ގެންގޮސް، އަލުން ކުރީގެ އަގަށް ތެޔޮ މަސްދަޅު ވިއްކަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު