މަސްދަޅުގެ އަގަށް ބަދަލު ގެނައީ ސަރުކާރަށް އެނގުމެއް ނެތި ކަމަށާއި، ނަމަވެސް މީގެ ފަހުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނިންމާ މިފަދަ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެފަދަ ބަދަލުތަކާއެކު ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވެގެން ދިއުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތަކެތީގެ އަގަށް ބަދަލެއް ގެންނަނަމަ ސަރުކާރުން އެކަން ކުރާނީ އެކި ގޮތްގޮތަށް ވިސްނައި، ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް، އެއް ދުވަހު އަޅާ ފިޔަވަޅު ޖެހިގެން އަންނަ ދުވަހު ބަދަލުވަމުންދާ ދިއުމާ ގުޅޭގޮތުން ސައީދު ވިދާޅުވީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނިންމާ މުހިންމު ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގަންޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ.
މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރަން ނިންމި ނިންމުމަކީ ސަރުކާރަށް އެނގިގެން ނިންމި ނިންމުމެއް ނޫންކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޓްރޭޑް މިނިސްޓަރުގެ ހައިސިއްޔަތުން އެކަންކަން މޮނިޓަރ ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
"މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރި ވާހަކަ އަޅުގަނޑަށްވެސް ފެނިގެން ދިޔައީ ނޫހަކުން. އެހިސާބުން އެކަމަށް އެޓެންޑުވެ، އަގަށް ބަދަލު ގެނެސްފައިވާނެ." ސައީދު ވިދާޅުވިއެވެ.
ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، އަގަށް ބަދަލު ގެނައީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެގެން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލިބޭނެ ތަކުލީފު ކުޑަކުރުމަށް ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ އެފަދަ ކަންކަމަށް އަވަސް ހައްލުތަކެއް ހޯދައިދިނުން ކަމަށްވެސް މިނިސްޓަރު ސައީދު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު