ތައިލެންޑަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިން އެގައުމަށް އެތެރެވުމުގެ ކުރިން އެކްސިޑެންޓް އިންޝުއަރެންސް ހޯދުން މަޖުބޫރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ފިޔަވަޅު އަޅަން ނިންމާފައިވަނީ ފަތުރުވެރިންނަށް ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި، ސިއްހީ ނިޒާމަށް ބޮޑު ބުރައަކަށް ވެފައިވާތީއެވެ.
ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިން ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ބާތު (ތައިލެންޑް ފައިސާ) ގެ ގެއްލުން ސަރުކާރަށް ލިބެއެވެ. މީގެ ތެރެއިން ޕުކެޓް އަދި ޗިއަންގ މައި ފަދަ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ސަރަހައްދުތަކަށް މި ބުރަ ވަނީ ވަރަށް ބޮޑުވެފައެވެ.
ޕުކެޓްގެ ވަޗިރާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ވީރަސަކް ލޯތޮންގްކަމް ވިދާޅުވީ، އެ ހޮސްޕިޓަލުން އެކަނިވެސް އަހަރަކު 10 މިލިއަން ބާތުގެ ގެއްލުން އުފުލަންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގަނީ ތަޖުރިބާނެތި ސައިކަލް ދުއްވުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުންނެވެ. މިސާލެއްގެ ގޮތުން، ރަޝިޔާގެ ފަތުރުވެރިއަކަށް ދިމާވި ސައިކަލް އެކްސިޑެންޓެއްގައި އޭނާގެ މައިބަދައަށް ލިބުނު އަނިޔާއަކަށް ފަރުވާދިނުމަށް 1 މިލިއަން ބާތު ހޭދަވިއިރު، އެ ފައިސާ ދައްކާނެ ފަރާތެއް ނުވުމުން އެންމެ ފަހުން ހޮސްޕިޓަލުން ވަނީ އޭނާ އަނބުރާ ގައުމަށް ފޮނުވުމުގެ ހަރަދުވެސް އުފުލާފައެވެ.
ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓަރު ޕައްޓަނާ ޕްރޮމްޕަޓް ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި، ފަތުރުވެރިންނަށް އެކަށީގެންވާ މިންވަރެއްގެ އިންޝުއަރެންސް ކަވަރޭޖެއް އޮތުން މުހިންމު ކަމަށެވެ. މީގެ ކުރިން ތައިލެންޑުން އިސްކަންދިނީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކަމަށްވިޔަސް، މިހާރު އިސްކަންދެނީ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސިއްހީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.
ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުގައި، މިސާލަކަށް ޝެންޔެން ސަރަހައްދާއި، ޔޫއޭއީ އަދި ރަޝިޔާ ފަދަ ގައުމުތަކުގައިވެސް ފަތުރުވެރިންނަށް އިންޝުއަރެންސް މަޖުބޫރުކޮށްފައިވެއެވެ. ތައިލެންޑުންވެސް މިފަދަ ނިޒާމެއް ގާއިމުކުރުމުން، ކުޑަ ފީއަކުން (ގާތްގަނޑަކަށް 1,100 ބާތު) ބޮޑު ސިއްހީ ކަވަރޭޖެއް ފަތުރުވެރިންނަށް ލިބިގެންދާނެއެވެ. މި ފިޔަވަޅުގެ ސަބަބުން ފަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ލިބި، ތައިލެންޑުގެ އާންމު ސިއްހީ ހިދުމަތްތަކަށް ލިބޭ މާލީ ބުރަ ކުޑަވެގެންދާނެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އުއްމީދު ކުރެއެވެ.
ތައިލެންޑަކީ ދިވެހިން ގިނައިން ޒިޔާރަތްކުރާ ގައުމަކަށްވާއިރު، މިފަދަ ބަދަލުތަކަށް ދިވެހިން އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ. މިކަމާ ގުޅޭގޮތުން ސަމާލުވާންޖެހޭ ބައެއް ކަންކަމަކީ:
އިންޝުއަރެންސްގެ މުހިންމުކަން: ތައިލެންޑަށް ދިއުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމަކީ މިހާރު އިޚްތިޔާރީ ކަމަކަށް ވިޔަސް، ކުރިމަތިވެދާނެ ބޮޑު ޚަރަދަކުން ސަލާމަތްވުމަށް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެމްބަސީގެ ދައުރު: ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަކީ އިދާރީ ގޮތުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނެވެ. ނަމަވެސް، ތައިލެންޑް ގައި ހުންނަ ދިވެހި އެމްބަސީ އަކީ މިފަދަ ކަންކަމުގައި ރައްޔިތުންނަށް ލުއިފަސޭހަގޮތް ހޯދައިދިނުމުގައި ފަހަތުފަޔަށް ބުރަވާ ތަނެއްކަމަށް އެޤައުމުގައި ދިރިއުލޭ ބައެއް ރައްޔިތުން ބުނެއެވެ. އެހެންކަމުން އަމިއްލަ ސިއްހީ ޚަރަދުތަކާއި އެކްސިޑެންޓްތަކުގެ ބަދަލާމެދު ރައްޔިތުން އަމިއްލައަށް ވިސްނުމަކީ މުހިންމު ކަމެކެވެ.
މައުލޫމާތު ހޯދުން: ގައުމަކަށް އެތެރެވުމުގެ ކުރިން އެގައުމެއްގެ އާންމު ގަވާއިދުތަކާއި، ޚާއްސަކޮށް ސައިކަލް ދުއްވުން ފަދަ ނުރައްކާތެރި ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ދިވެހި ފަތުރުވެރިން އަމިއްލައަށް ހޯދައި ބަލަންޖެހެއެވެ.
ވައިބަރ ގްރޫޕްތަކާއި މީސްމީޑިއާ: ތައިލެންޑުގައި އުޅޭ ދިވެހިންގެ ވައިބަރ ގްރޫޕްތަކާއި އެހެނިހެން މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، މިފަދަ އާ ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އެކަކު އަނެކަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ.
ތައިލެންޑް ސަރުކާރުން މިހާރު މަޝްވަރާ ކުރަމުންދަނީ ވައިގެ މަގުން އެތެރެވާ ކޮންމެ މީހެއްގެ އަތުން 300 ބާތުގެ ފީއެއް ނެގުމަށް ނުވަތަ އިންޝުއަރެންސް މަޖުބޫރުކުރުމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިން މިފަދަ އިތުރު ޚަރަދުތަކަށާއި ގަވާއިދުތަކަށް ތައްޔާރުވެގެން ތިބުމަކީ ބުއްދިވެރި ކަމެކެވެ. އަދި އެކަންކަމާމެދު ދިވެހިން އަހުލުވެރި ކުރުވުމަކީ ދިވެހި އެމްބަސީގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު