އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއިން ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް އިއްޔެ ބޭއްވި ތިން އިންތިޚާބުތަކުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިޙް ވަނީ އިންތިޚާބުވި އެމްޑީޕީގެ މޭޔަރުންނާއި، ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
"ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ. ރައްޔިތުން މިއަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ،" ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައެވެ. މިއީ ދެ އިންތިޚާބު އެއްކޮށްލުމަށް ވަކާލާތު ކުރި މިހާރުގެ ސަރުކާރަށް މުޅި ރާއްޖެއިން ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ރައީސް ސާލިޙް އިތުރަށް ވިދާޅުވީ، ސަރުކާރުން ލަސްނުކޮށް މިހާރު ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށެވެ. މި އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުގެ މިސްރާބާމެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުރުހުން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު