އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ބައިވެރިވި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކުރީގެ ތިން އެޖެންޓަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، އެ އެޖެންޓުން ވަޒީފާއިން ވަކިކުރީ ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު ސިޔާސީ ގޮތުން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ސީދާ ރޭވިގެން ހިންގާ ބަދަލުހިފުމުގެ ކެމްޕޭނެއްގެ ބައެއް ކަމަށްވެސް އެމީހުން ސިފަކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރި މި ތިން އެޖެންޓުންނަކީ އެ ދާއިރާގައި 8 އަހަރާއި 14 އަހަރާ ދެމެދުގެ ދިގު ތަޖުރިބާ ލިބިފައިވާ ފަރާތްތަކެކެވެ.
މި އެޖެންޓުންނަކީ 2020 ވަނަ އަހަރުގެ އިންތިޚާބަށްފަހު، ވެރިކަމުގައި ދެމިހުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތައް ބެލުމަށް ހާއްސަ ވަކީލު ޖެކް ސްމިތު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ ތަހުގީގަށް އެއްބާރުލުން ދިން މީހުންނެވެ. އެ ތަހުގީގުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުނު ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެ މައްސަލަތައް ވަނީ ބާތިލްކޮށްފައެވެ. އެއީ ވެރިކަމުގައި ހުންނަވާ ރައީސެއްގެ މައްޗަށް ދައުވާ ނުއުފުލުމުގެ ސިޔާސަތުގެ ދަށުންނެވެ. މި މައްސަލަ ބެއްލެވި ޖެކް ސްމިތު ވަނީ 2025 ޖެނުއަރީގައި ޓްރަމްޕް ހުވާކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.
ކުރީގެ އެޖެންޓުން ބުނާ ގޮތުގައި، މިދިޔަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެމީހުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރީ އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ސޮއިކުރެއްވި ސިޓީތަކަކުންނެވެ. މި އެޖެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްބީއައިގައި ޚިދުމަތް ކުރުމަކީ އެމީހުންގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށާއި، އެމީހުން މަސައްކަތް ކުރީ އެއްވެސް ފަރާތަކަށް ނުޖެހި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މީގެ އިތުރުން، މި ފިޔަވަޅަކީ އެއްވެސް "ޑިއު ޕްރޮސެސް" އެއް ނެތި ސިޔާސީ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެމީހުން ތުހުމަތުކުރެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ އަބުރަށް ގެއްލުންވެ، ގާނޫނު ތަންފީޒުކުރާ އެހެން އޮފިޝަލުންގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ތަޖުރިބާކާރުން ބުނަނީ، މިއީ ފެޑެރަލް އިދާރާތަކުގެ މިނިވަންކަމާ މެދު ކުރެވޭ ބޮޑު ގާނޫނީ ހަނގުރާމައެއްގެ ފެށުން ކަމަށް ވެދާނެ ކަމަށެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ "ބްލެކް ލައިވްސް މެޓަރ" މުޒާހަރާތަކާ ގުޅިގެން ވަޒީފާއިން ވަކިކުރި އެފްބީއައިގެ އިތުރު 12 މުވައްޒަފަކުވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލަތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ ބާރާއި މުއައްސަސާތަކުގެ މިނިވަންކަމާ ދެމެދު އޮންނަ އިމަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިތުރު ބަހުސްތަކެއް އުފެދިގެންދާނެ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު