އެފް 35
އެފް 35
އީރާނުގެ މަރުކަޒީ ވައިގެ ސަރަހައްދުން އިިިިިިިިިިިިސްރާއީލާއި އެމެރިކާގެ 130 މިލިއަން ޑޮލަރުގެ އެފް-35 މަރުކާގެ ހަނގުރާމަމަތީ ޖެޓެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން މިއަދު ހެނދުނު އިއުލާނުކޮށްފިއެވެ.

އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑް، ޚާތިމް އަލް އަންބިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުގެ ހަމަލާއަކުން މި ޖެޓް ވައްޓާލާފައިވަނީ އެ ގައުމުގެ އެތެރެވަރީގެ ސަރަހައްދަކަށް ވަދެ އުޅެނިކޮށް ކަމަށެވެ.

ޚާތިމް އަލް އަންބިޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޖެޓް ބިމަށް ވެއްޓުނު ވަގުތު އެރި ގަދަ ލޮޅުމާއި އަދި ބާރުގަދަ އިމްޕެކްޓްގެ ސަބަބުން، އޭގައި އިން ޕައިލެޓް ސަލާމަތްވުމުގެ ފުރުސަތު އިންތިހާއަށް ކުޑައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް، މިއީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ވަރަށް ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު