ވޭތުވެދިޔަ އެއް ހަފްތާގެ ތެރޭގައި އީރާނުގެ 7 މިލިއަނަށްވުރެ ގިނަ ރައްޔިތުން ގައުމުގެ ދިފާއުގައި ހަނގުރާމައަށް ނިކުތުމަށް ވޮލަންޓިއަރުންގެ ގޮތުގައި އިސްނަގާފައިވާ ކަމަށް އެގައުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
ގާލިބާފް މިހެން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާއި އިންޒާރުތަކާ ގުޅިގެން، އީރާނުގެ ރައްޔިތުން ގައުމީ ދިފާއުގައި ތެދުވުމަށް ހިންގި ހާއްސަ ކެމްޕޭނަކަށް ފަހުގައެވެ.
އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި ގާލިބާފް ވިދާޅުވީ، އެންމެ ހަފްތާއެއްގެ ތެރޭގައި މުޅި ގައުމުގައި ހިންގި މި ހަރަކާތުގެ ތެރެއިން 7 މިލިއަން މީހުން ހަތިޔާރު އުފުލުމަށާއި ގައުމު ދިފާއުކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އޭނާ ވަނީ ބޭރުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވަމުން، އީރާނުގެ ފަސްގަނޑަށް އަރައިގަންނަން އުޅޭ ކޮންމެ ބަޔަކަށް މުޅި އީރާނުގެ "އާއިލާ" އެކުގައި ނިކުމެ ކުރިމަތިލާނެ ކަމަށް ވިދާޅުވެފައެވެ.
މި ހަރަކާތަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ މުހިންމު ތެޔޮ ބަނދަރުތަކަށް ހަމަލާދީ އީރާނު "ހިލަ ޒަމާނަށް" ފަހަތަށް ޖައްސާލާނެ ކަމަށް ދެއްވި އިންޒާރުތަކާ ގުޅިގެން އައި ރައްދު ހަރަކާތެކެވެ. ގާލިބާފް ވިދާޅުވި ގޮތުގައި އީރާނު މީހުންނަކީ ހަމައެކަނި ވާހަކަ ދައްކާ ބައެއް ނޫން ކަމަށާއި، ގައުމުގެ އިސްތިގުލާލަށްޓަކައި ލޭ އޮހޮރުވައި ގުރުބާންވާން ތިބީ ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު