ރައީސް ސާލިހު
ރައީސް ސާލިހު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ އެއްވެސް ސިޔާސީ މަގެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު ފެންނަން ނެތް ކަމަށާއި، އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނެލެއްގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ތުހުމަތު ކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ބޭނުންވަނީ އިންތިޚާބުގެ މިނިވަންކަމަށް ބުރޫއަރުވައި، ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށެވެ. އަދި ޚަރަދު ކުޑަކުރުމުގެ ނަމުގައި މި ބަދަލު ގެންނަން އުޅުނު ނަމަވެސް، މިއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކާ ބަހަނާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިކަމަށްޓަކައި ބާއްވަން އުޅޭ ރެފަރެންޑަމްގެ ފަހަތުގައި އާންމުންނަށް ހާމަނުކުރާ ސިއްރު އެޖެންޑާތަކެއް ވާކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭރު ފުށުން ދައްކާ ސަބަބުތަކާއި ހަގީގީ މަގްސަދާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު