ކުރިއަށް އޮތް ލޯކަލް އިންތިޚާބާއި ރެފަރެންޑަމްގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށާއި، މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ލިބިއްޖެނަމަ 60 އިންސައްތައަށް ވުރެ މަތިން ސަރުކާރާ ދެކޮޅަށް ނަތީޖާ ނުކުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަޤުބޫލުކަން އޮތް މިންވަރު ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ ތާއީދު ނެތްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ، 85 މެންބަރުންގެ ޓީމެއް ހައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ނުފޫޒުގެ ބޭނުން ހިފައިގެންނެވެ. އަދި މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތާއީދު ހޯއްދަވައިގެން ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ޞާލިޙު ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑަކަށް ހަމަ ގަބޫލެއް ނުކުރެވޭ ރަނގަޅަށް މީހުންނަށް ވޯޓުދެވޭ ފުރުސަތު ލިބިއްޖެއްޔާ މީގަ 60 ޕަސެންޓަށް ވުރެ މަތިން ނޫނެކޭ ބުނުމަކީ ވަރަށް ގާތް ކަމެއް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުން ނެރެގެން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ނިންމުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު