ގއ ކޮލަމާފުށީ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ކޮލަމާފުށީ ރައްޔިތުންނަށް ފޮނުއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
މި އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮލަމާފުށީ ކައުންސިލަރަށާއި ޑަބްލިޔުޑީސީއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދެއްވުން މުހިންމު ކަމަށެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ކޮލަމާފުށީގެ ރައްޔިތުން އެދޭފަދަ ތަރައްގީއާއި ހެޔޮ ބަދަލުތައް ގެނެވޭނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްގެން ކަމަށެވެ. އެހެންކަމުން، ރަށުގެ ތަރައްގީއަށްޓަކައި ހުރިހާ ރައްޔިތުންވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު