ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވަނީ އެމްޑީޕީގެ ތެރޭގައި ބޮޑެތި ފެކްޝަންތަކެއް އުފެދިފައިވާ ކަމަށް ތުހުމަތު ކުރައްވައި، ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު އެކުގައި ކެމްޕެއިން ކުރައްވާ ތަން ނުފެންނަކަން ފާހަގަކުރައްވާފައެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނަގާ ވޯޓާ ދިމާކޮށް އެމްޑީޕީން ކުރާ ދަތުރުތަކުން އެ ޕާޓީގެ ލީޑަޝިޕް ބައިބައިވެފައިވާ މިންވަރު ހާމަވާ ކަމަށާއި، ދެ ރައީސުން އެއް ރަށަކުން ފެނުމުގެ ބަދަލުގައި ފެންނަނީ ރާއްޖޭގެ ދެކޮޅުގައި ވަކިވަކިން ހަރަކާތްތެރިވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިސް ބޭފުޅުން ވަކިވަކިން މަސައްކަތް ކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް، އަމިއްލަ ތާއީދު އިތުރުކުރުމަށް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ހަމައެއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހައުސިން މިނިސްޓަރު ކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް އާދަޔާ ހިލާފު މަޝްރޫއުތަކެއް ހިންގެވި މޭސްތިރިއެއްގެ ގޮތުގައި ފަލާހް ސިފަކުރެއްވިއެވެ. ސިނަމާލެ ބްރިޖާއި، ފްލެޓުތަކާއި، މާލޭގެ މަގުތަކުގެ އިތުރުން މާލޭގެ ޕާކުތަކަށް ގެނައި ތަރައްގީއަކީ އެމަނިކުފާނުގެ މަސައްކަތްޕުޅު ކަމަށާއި، ނަމަވެސް މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ދައުރުގައި އެ ތަންތަން ވީރާނާވެ، މާލޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މާލެއަށް ހަގީގީ ބަދަލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ފަލާހް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު