މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އާސިމް، އިއްޔެ މަގާމުން ވަކިކޮށްފިއެވެ.
އާސިމް މަގާމުން ވަކިކޮށްފައިވަނީ، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަށް މަރުހަބާ ދެންނެވުމަށް ނުކުމެ ހުންނަވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތަކަށް ސިޔާމް މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާސިމް ބައިވެރިވެ ވަޑައިގެންފައިވަނީ އޭނާއަކީ މިހާރުވެސް އެމްޑީއޭގެ މެންބަރަކަށް ވާތީއެވެ.
އިބްރާހިމް އާސިމަކީ މި ސަރުކާރު އުފެދުނު ފަހުން 16 ޑިސެމްބަރު 2023 ގައި ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ދީފައިވާ ސްލޮޓެއްގައެވެ.
އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އާސިމް މަގާމުން ވަކިކުރިއިރު، އެމްޑީއޭއަކީ ރައީސް މުޢިއްޒުގެ ސަރުކާރަށް ތާއީދުކުރާ ޕާޓީއެކެވެ. ނަމަވެސް، ސިޔާމްގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެމްޑީއޭ ވަކިން ތައްޔާރުވުމަށް ކުރާ ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު