ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ އެކި ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުން އިވެނީ މި ސަރުކާރު ކަމުނުދާ ވާހަކައާއި، ސިޔާސަތުތައް ގޯސްވެ، ވައުދުތައް ނުފުއްދާ ދޮގުހަދާ ވާހަކަ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އެމްޑީޕީން ރޭ ބޭއްވި ލޯކަލް އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެމުންދަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމެއް ނެތް ކަމުގެ ޝަކުވާ ކަމަށެވެ. އަދި މި މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގެ ކެމްޕޭނެއްތޯ ނުވަތަ ރިޔާސީ އިންތިޚާބެއްގެ ކެމްޕޭނެއްތޯ ބައެއް ފަހަރު ހިތްޕުޅަށް އަރާ ވަރަށް ހަރަކާތްތައް ގިނަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މާލޭގެ މަގުތަކުގައި ހުރި ފޮޓޯތަކާއި ދިދަތަކަށް ބެލިޔަސް، ހީވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އަލުން ހޮވަން އުޅޭ މުހިންމު އިންތިޚާބެއް ހެން. ސަބަބަކީ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރު ފެއިލްވެފައިވާކަން ރައްޔިތުންނަށް ފެނުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލައި، ހުރިހާ ބާރެއް ރައީސް ޑރ. މުއިއްޒުގެ މުށުތެރެއަށް ޖަމާކުރުމަށް ކަމަށް ރައީސް ޞާލިޙް ތުހުމަތު ކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުން އައްޔަންކުރުމުގެ ބާރު ސަރުކާރުގެ ދަށަށް ގެންދިއުމަކީ މިނިވަން އިންތިޚާބަކަށް އޮތް ބޮޑު ހުރަހެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރު ކަނޑުވާލައި ފާސްކުރި ގާނޫނާއި ޖުޑިޝަރީގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށްވެސް ރައީސް ޞާލިޙް ފާޑުވިދާޅުވިއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅިގެން ފަނޑިޔާރުންނަށް ބިރުދެއްކުމާއި މަގާމުން ވަކިކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިފަރެންޑަމް އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުގެ ނަމުގައި ގެންނަން އުޅޭ ރިފަރެންޑަމަކީ ރައްޔިތުންގެ އަތުން ވޯޓުދިނުމުގެ ބާރު ދަމައިގަތުމަށް ކުރާ ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އޮތް ހަމައެކަނި ފުރުސަތަކީ އޭޕްރީލް މަހުގެ 04 ވަނަ ދުވަހުގެ އިންތިޚާބުގައި އެމްޑީޕީގެ "ތިލަފަތް" ކެންޑިޑޭޓުންނަށް ވޯޓުދިނުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު