ފާއިތުވި 50 އަހަރުގެ ތެރޭގައި އިންސާނުން ހަނދާ ދިމާލަށް ކުރާ ފުރަތަމަ ތާރީޚީ ދަތުރު، ނާސާގެ "އާރްޓެމިސް 2" މިޝަން ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ.
އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން އުދުއްސާލި މި ރޮކެޓަކީ އިންސާނުން އަލުން ހަނދަށް ފޮނުވުމަށާއި، އޭގެ ފަހުން މާސް އަށް ދަތުރުކުރުމަށް ނާސާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
32 ބުރީގެ އިމާރާތެއްގެ އުސްމިން ހުރި މި ރޮކެޓް އުދުއްސާލި މަންޒަރު ބަލަން އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވިއިރު، މިއީ މުޅި ދުނިޔޭގެ އުއްމީދުތަކާ ގުޅިފައިވާ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި މިޝަންގެ އިސްވެރިން ވަނީ ސިފަކުރައްވާފައެވެ.
މި ތާރީޚީ ދަތުރުގައި ބައިވެރިވަނީ ނާސާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ އަދި ކްރިސްޓީނާ ކޮކްގެ އިތުރުން ކެނެޑާގެ ސްޕޭސް އެޖެންސީގެ ޖެރެމީ ހެންސަން އެވެ. ޖުމްލަ 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މިޝަންގައި އެސްޓްރޮނޯޓުން ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު އެނބުރި ބިމަށް އަންނާނެއެވެ.
ދަތުރުގެ ފުރަތަމަ ދެ ދުވަހު އޯރިއަން ކެޕްސޫލްގެ ސިސްޓަމްތައް ޗެކްކުރުމަށްފަހު، 'ޓްރާންސްލޫނާ އިންޖެކްޝަން' މަރުހަލާގެ ތެރެއިން ބިމުގެ އޯބިޓުން ބޭރުވެ ހަނދާ ދިމާލަށް މިސްރާބު ޖަހާނެއެވެ. މި ދަތުރު ނިންމާލުމަށްފަހު އެސްޓްރޮނޯޓުން ޖައްސާނީ ޕެސިފިކް ކަނޑަށެވެ.
ރޮކެޓް ފޮނުވާލުމުގެ ކުރިން ބައެއް ފަންނީ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އިންޖީނޭރުން ވަނީ އެ ހުރިހާ ކަމެއް ހައްލުކޮށްފައެވެ.
ޚާއްޞަކޮށް ހައިޑްރޯޖަން ފިއުލް އެޅުމުގެ މަރުހަލާގައި މީގެ ކުރިން ދިމާވި މައްސަލަތައް ހައްލުކޮށް، އެއްވެސް ހުރަހަކާ ނުލައި 700,000 ގެލަންގެ ތެޔޮ ވަނީ ރޮކެޓަށް އަޅާފައެވެ. ނާސާގެ ސައިންސް މިޝަން ޗީފް ނިކީ ފޮކްސް ވިދާޅުވި ގޮތުގައި، މިއީ ކުރީގެ 'އެޕޯލޯ' މިޝަންތައް ނުދެކޭ އާ ޖީލުގެ މީހުންނަށް ލިބޭ އާ އުއްމީދެކެވެ. މިއީ މުޅިން އާ ޖީލެއްގެ ހަނދުގެ މިޝަންތަކުގެ ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު