ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ނިންމާލުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެހީތެރިން ގާތު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އެމެރިކާގެ މައިގަނޑު މަގްސަދުތައް ކަމަށްވާ އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު ކުޑަކުރުމާއި މިސައިލް ރައްކާކޮށްފައިވާ މިންވަރު މަދުކުރުމަށްފަހު، މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ނިންމާލުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ. އަދި އެއަށްފަހު، އެ ސަރަހައްދުގެ ވިޔަފާރީގެ މުހިންމު މަގުތައް އަލުން ހުޅުވުމަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ވަނީ ރޭވިފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގު އުފުލި، އޭގެ ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް މަތިވެފައެވެ.
ރިޕޯޓުގައިވާ ގޮތުން، މި މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ، ޔޫރަޕްގެ ގައުމުތަކާއި ގަލްފުގެ ގައުމުތައް ގުޅިގެން އެ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ބާރުއަޅާނެއެވެ.
ނަމަވެސް އެ ކަނޑުއޮޅި ގަދަބާރުން ހުޅުވުމަށް ކުރާ މަސައްކަތެއްގެ ސަބަބުން، ހަނގުރާމަ ހަތަރެއް ނުވަތަ ހަ ހަފުތާގެ ތެރޭގައި ނިންމާލުމަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ތާވަލަށްވުރެ ދިގުލައިގެން ހިނގައިދާނެ ކަމަށް ޓްރަމްޕާއި އޭނާގެ އެހީތެރިން ގަބޫލުކުރެއެވެ.
އޭނާގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން މިހާރު މަޝްވަރާ ކުރަމުންދަނީ އީރާނުގެ "އާ އަދި މާ ބުއްދިވެރި ސަރުކާރަކާ" ކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަނގުރާމަތައް ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިމިވަނީ އީރާނުގެ އިންޖީނުގެތަކަށް ބޮންއަޅައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އޭނާ ތަކުރާރުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، މި "އާ ސަރުކާރުގައި" ހިމެނެނީ ކޮންބައެއްކަން ޓްރަމްޕް ހާމަކުރައްވާފައި ނުވާކަމެވެ. އީރާނުގެ ރޫހީ މާލިމީ އަލީ ޚާމަނާއީ ފެބްރުއަރީ 28 ގައި އަވަހާރަވުމުން، އޭނާގެ މަގާމަށް ދަރިކަލުން މުޖްތަބާ ޚާމަނާއީ އައްޔަންކުރެވުނު ނަމަވެސް، އީރާނުގެ މިހާރުގެ ލީޑަރޝިޕަށް ބަދަލެއް ނާންނަކަމަށް ކަންކަން ދިރާސާކުރާ ފަރާތްތަކުން އެއްބަސްވެއެވެ.
މަޝްވަރާތަކުގައި ކުރިއެރުން ލިބޭ ކަމަށް ވިދާޅުވި ނަމަވެސް، ޓްރަމްޕް ވަނީ "އެއްވެސް ސަބަބަކާހުރެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ"، އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފައެވެ.
ޓްރަމްޕް އާންމުކޮށް ވިދާޅުވާ ބަހެއް ތަކުރާރު ކުރައްވަމުން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އީރާނުން ނުހުޅުވައިފިނަމަ، އެ ގައުމުގެ ހުރިހާ އިންޖީނުގެތަކާއި، ތެޔޮ ވަޅުތަކާއި، އަދި ޚާރްޖް އައިލެންޑް "އެއްކޮށް ފުނޑުފުނޑުކޮށްލައިގެން" އެމެރިކާއިން މި ހަނގުރާމަ ނިންމާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު