ކުޅުދުއްފުށިން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ގިނަ ބަޔަކު ނިކުމެ
ކުޅުދުއްފުށިން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ގިނަ ބަޔަކު ނިކުމެ
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ކުރަށްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނު ރަށަށް ފައިބައިވަޑައިގަތް ވަގުތު، އެރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ވަނީ ވަރަށް ފޯރިއާއެކު މަރުހަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިހުގެ އަރިހުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ތައްޔާރުވެފައިވާ މިންވަރު ހާމަކޮށްދޭ ދަތުރެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

އެގޮތުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ، ރައީސް ޞާލިހަށާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ކިޔައި، ޕާޓީގެ ކެންޑިޑޭޓުންނަށް އޮތް ތާއީދު ދައްކާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު