ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް، އެ ވަގުތަކު އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާން ޖެހޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ރޭ ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ކޮންމެ ފަދަ އަޣުލަބިއްޔަތެއް ލިބިފައި އޮތް ނަމަވެސް ދެމިއޮންނަން ޖެހޭނެ އަސާސީ ޒިންމާއެއް ކަމަށެވެ. އަދި މަޖިލީހަކީ ސަރުކާރުގެ ކަންކަން ހިނގާ ގޮތް ބަލައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހިންގާ ހަރަކާތްތަކުގެ ފާރަވެރިއަކަށް ވާންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އިމްތިޔާޒު ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުލިބި އިދިކޮޅު ޕާޓީއަށް ލިބުމުން ކޮންމެ ކަމެއްގައި ފުރައްސާރަ ކުރާތަނާއި، ސަރުކާރަށް މެޖޯރިޓީ ލިބުމުން ކަންކަން ވެގެންދާ ގޮތް ވެސް ތަޖުރިބާ ކުރަށްވާފައިވާ ކަމަށެވެ.
"އިދިކީލި ވުމުގެ ބަދަލުގައި ޒިންމާދާރު މަޖިލީހެއް ކޮންމެ ގޮތެއް ވިޔަސް އޮންނަން ޖެހޭނެ. އަދި ސަރުކާރުގެ ރައްޔިތުންގެ މަޖިލީހެއް އޮތްކަމުގައި ވީނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވެން ޖެހޭނެ." އިމްތިޔާޒު ވިދާޅުވިއެވެ.
އޭގެއިތުރުން އިންތި ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލެވިފައިވަނީ މަޖިލީހަށް ސުޕަ މެޖޯރިޓީ ލިބި ނުވަތަ ނުލިބޭ ގޮތަކަށް ނޫން ކަމަށެވެ. އެހެންކަމުން، ސިޔާސީ މަސްރަހުގައި ކޮންމެ ގޮތަކަށް ކަންހިނގި ނަމަވެސް ވެރިކަން ނުހުއްޓި ރައްޔިތުންނަށް ޚިދުމަތް ދެވެން ޖެހޭނެ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ސަރުކާރުން ހިންގާ ކަންކަން ސިއްރު ކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒު މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި މެންބަރުންނަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު