ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް މުޢިއްޒު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްތަލިބާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އެ ކުންފުނީގެ އިސްވެރިންނެވެ.
މި ޒިޔާރަތުގައި، މަޝްރޫޢުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް މުޢިއްޒަށް ވަނީ އަރުވާފައެވެ. އެގޮތުން އެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމާއި ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ވަނީ ސައިޓަށް ވަޑައިގެން ބައްލަވައިލައްވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމް.އޭ.ސީ.އެލް އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ. މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ކުރިއަށްގެންދިޔަ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެހެންކަމުން، މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 167.15 ހެކްޓަރުގެ ތެރެއިން، މިހާތަނަށް ޖުމްލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާފައެވެ.
ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ ތަފުސީލުތައް ރައީސް ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ. އެގޮތުން، މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ބިން ހިއްކައި ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
މިއަހަރުގެ ޖަނަވަރީ 30 ގައި ފެށި މި މަޝްރޫޢުގައި، ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ދެ ޑްރެޖަރެއް ބޭނުންކުރަމުންދާކަން ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގައި ބޭނުންކުރަނީ "ކުއީން އޮފް ދަ ނެދަލޭންޑްސް" އާއި "އޮރެންޖް" ނަމަކަށް ކިޔާ ދެ ޑްރެޖަރެވެ.

ކިޔުންތެރިންގެ ހިޔާލު