ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ "ސްޓްރެއިޓް އޮފް ހޮރްމުޒް" އަށް "ސްޓްރެއިޓް އޮފް ޓްރަމްޕް" ގެ ނަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުޚާތަބު ކުރައްވައިފިއެވެ.
މިއާމީގައި ބޭއްވި 'ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް' ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން "ސްޓްރެއިޓް އޮފް ޓްރަމްޕް" ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލަން ޖެހޭ ކަމަށެވެ. މިހެން ވިދާޅުވުމާއެކު އެތަނަށް އެއްވެފައި ތިބީ މީހުންގެ މެދުގައި ހިނިގަނޑެއް ފަޅައިގެން ދިޔައެވެ.
މިކަމާ ގުޅިގެން ސަމާސާ ރާގަކަށް ޓްރަމްޕް ވިދާޅުވީ، އެއީ އޮޅުމަކުން ބުނެވުނު ބަހެއް ނޫން ކަމަށާއި، "ފޭކް ނިއުސް" ތަކުން އެއީ އޮޅުމެއް ކަމަށް ބުނި ނަމަވެސް، އެމަނިކުފާނުގެ އަތުން އެފަދަ ގޯސްތަކެއް ނުހިނގާނެ ކަމަށެވެ.
ސްޓްރެއިޓް އޮފް ހޮރްމުޒްއަކީ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ އުފުލާ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުހަނު މުހިންމު ސަރަހައްދެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން މި ސަރަހައްދު ބަންދުކޮށްފާނެ ކަމުގެ ބިރު އޮތްއިރު، މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް
އަންނަ ސަބަބެކެވެ.
މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވަނީ މި ކަނޑުއޮޅީގެ ކޮންޓްރޯލް އެމަނިކުފާނާއި އީރާނުގެ ރޫހާނީ ލީޑަރު، މުރްޝިދު (އާޔަތުﷲ) އާ ގުޅިގެން ބެލެހެއްޓިދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ގެންދަވަނީ މި ކަނޑުއޮޅީގެ ނަން "ސްޓްރެއިޓް އޮފް ޓްރަމްޕް" ނުވަތަ "ސްޓްރެއިޓް އޮފް އެމެރިކާ" އަށް ބަދަލުކުރުމާ މެދު ވިސްނަވަމުންނެވެ. މިއީ މީގެ ކުރިން ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލުކުރަން އުޅުއްވި އުޅުއްވުމާ އެއްގޮތް ކަމެކެވެ.
ޓްރަމްޕަކީ އަމިއްލަ ނަންފުޅު ބްރޭންޑް ކުރެއްވުމަށް ލޯބިކުރައްވާ ބޭފުޅަކަށް ވާއިރު، މިދިޔަ އޮކްޓޫބަރު މަހު ވެސް ވަނީ 'ޖޯން އެފް ކެނެޑީ ސެންޓަ ފޯ ޕާފޯމިން އާޓްސް' އަށް އެމަނިކުފާނުގެ ނަންފުޅު ބޭނުންކުރައްވައިގެން ސަމާސާ ކުރައްވާފައެވެ. ފަހުން ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ މުއައްސަސާގެ ބޯޑުން މިހާރު ވަނީ އެތަނުގެ ނަން "ޓްރަމްޕް-ކެނެޑީ ސެންޓަރު" އަށް ބަދަލުކުރުމަށް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު