ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަކީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ސިޔާސީ މަގުސަދެއް އޮތް ކަމެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރެފަރަންޑަމް ވޯޓާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރަން ބޭނުންވާ ނަމަ މިނިސްޓްރީތައް އެއްކޮށްލުމާއި ދައުލަތުގެ މީޑިއާއަށް ކުރާ ޚަރަދުތައް ކުޑަކުރުން ފަދަ މާ ނަތީޖާ ނެރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ.
އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ފަދަ ތަންތަން އެއްކޮށްލައިގެން ބިލިއަނުން ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިސްލާހުތަކަކީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ކަށަވަރުކުރުމަށްޓަކައި ރޭވިގެން ކުރާ ކަމެއް ކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބު އެއް ބުރަކުން ނިމޭގޮތަށް ހެދުމާއި، 65 އަހަރުން މަތީގެ ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަކީ މި ރޭވުމުގެ ބައެއް ކަމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަރުހަލާގައި، ބިލު ތަސްދީގު ކުރަން އޮތް 15 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ، އެ ބިލު މިހާރު ދެމިއޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ހުރިހާ ބާރަކާއި ނުފޫޒެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮވެ، މަޖިލީހުގެ މެޖޯރިޓީއާއެކު އިންތިޚާބުތައް އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ. މިއީ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ނުފޫޒު ގަދަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު