ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވައިފިއެވެ.
ރައީސް ޔާމީން މިކަން ހާމަކުރެއްވީ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި "ޗަގޯސް ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިހާރުގެ ސަރުކާރަށާއި ގައުމުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޔާމީން ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ މިއަދު އޮތް ހާލަތަށް ހަލާކުކޮށްލީ ދިވެހިރާއްޖޭގެ ވެރިންނެވެ. އަދި ޝަރުއީ ނިޒާމު މިހާރު އޮތް ދަށު ދަރަޖައަށް ވައްޓާލީ ޚުދު އެ ނިޒާމުގެ ވެރިން ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ގައުމުގެ ހާލަތު މިހާ ހިސާބަށް ގޮސްފައިވާތީ، އަނެއްކާވެސް "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާ ހިސާބަށް ދިޔައީމާ އަޅުގަނޑު ވެސް މި ބުނަނީ ހަމަ އަނެއްކާވެސް އަނެއް ދިވެހިރާއްޖެ ހޯދަން ވެއްޖެއޭ،" ޔާމީން ވިދާޅުވިއެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން "ނޫނެކޭ" ބުނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
" ރިޔާސީ އިންތިޚާބެއްގެ ކުރިން ލިބޭ އެންމެ ފަހުގެ ފުރުސަތަކީ އެންމެ ވަރުގަދަ ފުރުސަތަކީ ކައުންސިލް އިންތިޚާބު، މި ކައުންސިލް އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނޭ" ރައީސް ޔާމިން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރަށް ރައްޔިތުން ވަނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި، މާލެ ސިޓީގެ ގޮނޑިތައް ހިމެނޭހެން ހުރިހާ ބާރެއް ދީފައެވެ. ނަމަވެސް އެ ބާރުތައް ދިނުމުން ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނުވަތަ މޮޅެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޕީއެންސީއަށް ކައުންސިލްތަކުގެ ބާރު ދިނުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ، "ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އެބައޮތް،" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު