ޝަރުއީ ދާއިރާ މިނިވަންކުރުމުގެ ނަމުގައި އެ ދާއިރާގެ ތެރެއަށް ސިއްރުން އަތްނުބޭނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސަރުކާރަށް ގޮވާލައްވައިފިއެވެ.
އައްޑޫ ހުޅުދޫ މީދޫގައި ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒު ނިމުމަކަށް އައީ ކަމަށް ވިދާޅުވި ނަމަވެސް، ފެންނަމުންދަނީ އެއާ ޚިލާފު މަންޒަރުތަކެއް ކަމަށެވެ.
ވަކިން ހާއްސަކޮށް، ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރުމަށްޓަކައި ގާނޫނުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވުމަކީ އެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ފެށުން ކަމަށް ރައީސް ސޯލިހު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ރައީސް ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ސިފަކުރެއްވީ މިއީ ރައްޔިތުންނަށް ލިބިފައިވާ ބާރުތައް އަތުލައި، ރަށްރަށުގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށެވެ.
އަދި މިފަދަ ބޮޑެތި ބަދަލުތައް މަޖިލީހުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ސަރުކާރުން ކުރާ ކަމެއް ކަމަށް ވިދާޅުވެ، މި ބަދަލުތަކަށް "އާނއެކޭ" ނުބުނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.
އޭގެއިތުރަށް ރައީސް ސޯލިހު ވިދާޅުވީ، މިހާރުގެ ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ވަޒީފާގެ ބިރު ދެއްކުމާއި ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އަދި 2028 ވަނަ އަހަރު ރައްޔިތުން ގޮތް ނިންމާނެ ކަމަށާއި، މިހާރު އޮތް ސަރުކާރަށް ރައްޔިތުން ދެން ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ މިނިވަން މުއައްސަސާތަކާ ނުބެހި، މިހާރު އޮތް މިނިވަންކަން ދެމެހެއްޓުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު