އައްޑޫ ސިޓީއިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް.
އައްޑޫ ސިޓީއިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ އިސް ވަފުދެއް އައްޑޫ ސިޓީއަށް ރޭ ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ، ރައީސް ޞާލިހާއި އެމްޑީޕީގެ ޓީމަށް މަރުހަބާ ކިޔާފައިވަނީ ލޯތްބާއި އިހުތިރާމާއެކުގައެވެ.

މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކެމްޕޭނުގެ ތެރެއިން ކުރެވޭ މުހިންމު ދަތުރުފުޅެކެވެ. އައްޑޫ ސިޓީއަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސަތުތަކަށް ބޮޑު ތާއީދެއް އޮންނަ، އެ ޕާޓީގެ މަރުކަޒެއް ކަމަށް ބެލެވޭ ސަރަހައްދެކެވެ.



އައްޑޫ ސިޓީއިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް.


ރޭ ފެނިގެންދިޔަ މަންޒަރުތަކުން ހާމަވެގެންދަނީ، އައްޑޫ ސިޓީގެ ރައްޔިތުން އަދިވެސް ތިބީ އެމްޑީޕީއާއެކު ސާބިތުކަމާއެކުގައި ކަމެވެ.



އައްޑޫ ސިޓީއިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް.


އައްޑޫގެ ރައްޔިތުން ބުނަމުންދަނީ އެ ސިޓީގެ ތަރައްޤީއަށްޓަކައި އެންމެ އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެނީ އެމްޑީޕީން ކަމަށެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބޮޑު އަޣުލަބިއްޔަތެއް ހޯދައިދިނުމަށް އައްޑޫ ރައްޔިތުން ތިބީ "ދެގޮތެއް ނުވެ" ތައްޔާރަށް ކަމަށްވެސް އެ ސިޓީން ވާހަކަދެއްކި ބައެއް އާންމުން ފާހަގަކުރިއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީން އައްޑޫގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކޮށް، ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ރާވާފައެވެ.



ކިޔުންތެރިންގެ ހިޔާލު