ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން
އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން އެ ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ކެންޕެއިން ހަރަކާތްތައް ފަށްޓަވައިފިއެވެ.

​މި ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ހުޅުދޫގެ ގިނަ ގެތަކަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޝުޢޫރުތައް އަޑުއައްސަވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަށް "ދޮރުން ދޮރަށް" ހިންގި މި ހަރަކާތުގައި، އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށާއި، ދާއިރާގެ ތަރައްޤީއަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު