މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވަމުންދާ ގޮތާ މެދު އާންމުންނާއި ސިޔާސީ މައިދާނުގައި ބޮޑެތި ސުވާލުތަކެއް އުފެދި، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.
ޚާއްސަކޮށް، ސްވިޒަލޭންޑުގެ ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގައި، އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށް ރާއްޖެއިން ބަޔާން ނެރުނުއިރު، އެ ސަރަހައްދުގައި އިސްރާއީލާއި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ބަސްބުނެފައި ނުވާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ދެއްވި ބަޔާނުގައި، ސައުދީ އަރަބިއްޔާއާއި ޔޫއޭއީ ހިމެނޭހެން ގަލްފުގެ ހަތް ގައުމަކަށް އީރާނުން ދޭ ހަމަލާތަކަކީ ސަރަހައްދީ މަސްލަހަތު ގެއްލޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރެއްގައި ރާއްޖެއިން ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ، ރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު ވަކި ފަރާތަކަށް ލެނބިފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ ކުރި ޓުވީޓުގައި ވިދާޅުވީ ސަލްމާ ރަޝީދުގެ ވާހަކަތަކާއި މެދު ލަދުވެތިވާކަމަށާއި އިސްރާއީލުގެ ޖަރީމާތައްް ކުށްވެރި ނުކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ސިޔާސީ ބޭފުޅުންނާއި އާންމުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކާއި، މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކާ މެދު ރާއްޖެއިން ހަނިހިމޭނުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖެއަކީ އަބަދުވެސް ވަކިކޮޅަކަށް ބުރަނުވާ، އިންސާފުގެ މަގުގައި ސާބިތުވެ އޮންނަ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، މިހާރު ފެންނަނީ ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތްކުރަން އުޅޭ މަންޒަރު ކަމަށް ބުނެ ސަރުކާރުގެ އިޚްލާސްތެރިކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލާގައި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށެވެ. ނަމަވެސް، ރާއްޖޭގެ ބަޔާނުގައި ހަމައެކަނި އީރާނުގެ "ޕްރޮވޮކޭޝަން" ނުވަތަ އުދުވާނުގެ ވާހަކަ ދެއްކުމަށްފަހު، އެ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގައި އިސްރާއީލާއި އެމެރިކާއިން އަދާކުރާ ދައުރަށް ބަސްބުނެފައި ނުވާތީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ހަމަނުޖެހޭ ދޯހޮޅި ސިޔާސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

I’m deeply ashamed of this woman, Salma Rasheed talking on behalf of #Maldives ! For this woman, not to condemn #Israel for all the international crimes they are committing in #Iran , #Palestine and #Lebanon is a slap on the faces of the people of Maldives.
— 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) March 25, 2026
We Maldivians are… pic.twitter.com/4GFWwCfYr3
މިކަމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ ކުރި ޓުވީޓުގައި ވިދާޅުވީ ސަލްމާ ރަޝީދުގެ ވާހަކަތަކާއި މެދު ލަދުވެތިވާކަމަށާއި އިސްރާއީލުގެ ޖަރީމާތައްް ކުށްވެރި ނުކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ސިޔާސީ ބޭފުޅުންނާއި އާންމުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކާއި، މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކާ މެދު ރާއްޖެއިން ހަނިހިމޭނުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖެއަކީ އަބަދުވެސް ވަކިކޮޅަކަށް ބުރަނުވާ، އިންސާފުގެ މަގުގައި ސާބިތުވެ އޮންނަ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، މިހާރު ފެންނަނީ ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތްކުރަން އުޅޭ މަންޒަރު ކަމަށް ބުނެ ސަރުކާރުގެ އިޚްލާސްތެރިކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލާގައި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށެވެ. ނަމަވެސް، ރާއްޖޭގެ ބަޔާނުގައި ހަމައެކަނި އީރާނުގެ "ޕްރޮވޮކޭޝަން" ނުވަތަ އުދުވާނުގެ ވާހަކަ ދެއްކުމަށްފަހު، އެ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގައި އިސްރާއީލާއި އެމެރިކާއިން އަދާކުރާ ދައުރަށް ބަސްބުނެފައި ނުވާތީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ހަމަނުޖެހޭ ދޯހޮޅި ސިޔާސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު