އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ 70 އަށް ވުރެ ގިނަ ތަނަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގައި "އިމާދު"، "ގިޔާމް"، "ޚުއްރަމްޝަހަރު-4" އަދި "ގަދަރު" މަރުކާގެ ބޮޑެތި މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށެވެ. މި މިސައިލްތަކަކީ އީރާނުގެ އަސްކަރީ ގާބިލްކަން ދައްކުވައިދޭ، ދުރަށް ދަތުރުކުރުގެ ބާރު ލިބިގެންވާ ހަތިޔާރުތަކެކެވެ.

މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިޒްރޭލުގެ މުހިންމު ސިޓީތައް ކަމަށްވާ ހައިފާ، ޑިމޯނާ، އަލް-ޚުދްރިއްޔާގެ އިތުރުން ތެލް އަވީވްގެ އުތުރާއި ދެކުނުގެ އެކި ސަރަހައްދުތަކަށެވެ.

އައިއާރްޖީސީގެ ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނުން ދިން ބާރުގަދަ ތިން ހަމަލާއަށްފަހު އިޒްރޭލަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 2,500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު