ކޯޓަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރާ އާއި ހިސާބުން ބޭރުކޮށްލެވޭނީ ހަމައެކަނި ފޯމަލިޓީސް ނުވަތަ އިޖުރާއާތުތައް ފުރިހަމަނުވާ ނަމަ ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ޑރ. ދީދީ މި ކަންބޮޑުވުން ފާޅުކުރެއްވީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ އެކޯޓުން ބަލައިނުގަތުމާ ގުޅިގެންނެވެ.
އެކަމާގުޅިގެން ޑރ. އަޙްމަދު މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ ސުޕްރީމް ކޯޓުތަކާއި ދުސްތޫރީ ކޯޓުތަކުގެ އާންމު އުސޫލުތަކާ ޚިލާފަށް ރާއްޖޭގައި ކަންކަން ހިނގަމުންދާ ކަމަށެވެ.
އެގޮތުން، ރަޖިސްޓްރާއަށް މައްސަލައެއް ބޭރުކޮށްލެވޭނީ، އެ މައްސަލައެއް ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ފޯމަލިޓީސް ފުރިހަމަނުވާ ނަމަ ނުވަތަ ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާކަން ސާފުކޮށް އެނގެން އޮތް ހާލަތްތަކުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މައުޟޫޢީ ގޮތުން މައްސަލައަކާ މެދު ގޮތެއް ނިންމުމަކީ ފަނޑިޔާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވެސް ޑރ. އަޙްމަދު ވަނީ ޤާނޫނީ ބަހުސެއް ކުރަށްވާފައެވެ. އޭނާ ވިދާޅުވީ، އެ ބިލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، 263 ވަނަ މާއްދާއާއި 264 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލުތައް ހިނގާނެ ބިލެއް ކަމަށެވެ.
ޤާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބަޔާންކުރަނީ ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 15 ދުވަސް ތެރޭގައި އެ ބިލު ތަޞްދީޤުކުރަން ނުފެންނަ ނަމަ މަޖިލީހަށް އަންގަންވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ނާންގައިފި ނަމަ އެ ބިލެއް ތަޞްދީޤުކުރީ ކަމަށް ބެލޭނެ ކަމަށް އޮތް ނަމަވެސް، މި މައްސަލާގައި އެ އުސޫލު ނުހިނގާނެ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، 15 ދުވަސް ފާއިތުވެގެން ދިޔައީ ޣައިރު ދުސްތޫރީ އިޖުރާއާތެއްގެ ދަށުން އެ ބިލާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމުމުގެ ސަބަބުން ކަމަށްވާތީއެވެ. އެހެންކަމުން، އެ ބިލަކީ މިހާރު ދުސްތޫރީ ގޮތުން ބާޠިލް ބިލެއް ކަމަށް ބަލަންޖެހޭ ކަމަށް ވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ.
މި މައްސަލައަކީ ވަރަށް ސާފު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. އަޙްމަދު ވަނީ ކޯޓުތަކުގެ އިޖުރާއާތުތައް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރައްވަން ނިންމަވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މުއްދަތެއް ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ބިލަކަށް ވާތީ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ރެފަރެންޑަމް ވޯޓު ނެގުމަށް ވަނީ ތާވަލުކޮށްފައެވެ. އަލީ ޙުސައިންގެ މައްސަލަ ބޭރުކޮށްލި ނަމަވެސް މި ގަރާރުގައި ހިމެނޭ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދެ ވަކީލަކު ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދުނިޔޭގެ ސުޕްރީމް ކޯޓްތަކާއި ދުސްތޫރީ ކޯޓްތަކުގެ ޢާންމު ޕްރެކްޓިސްތަކާ މުޅިން ޚިލާފު ނިންމުމެއް؛ ރަޖިސްޓަރއަށް މައްސަލަ ބޭރުކުރެވޭނީ ފޯރމަލިޓީސް ފުރިހަމަނުކޮށް ހުށަހަޅައިފައިވާނަމަ ނުވަތަ ސާފުކަން ބޮޑުގޮތަކަށް ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާ މައްސަލަޔަކަށް ވާނަމަ. މިފަދަ… https://t.co/VOWuCBXgcW
— Dr. Ahmed Abdulla Didi (@AABDULLADIDI) March 25, 2026
ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރައްވަން ނިންމަވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މުއްދަތެއް ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ބިލަކަށް ވާތީ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ރެފަރެންޑަމް ވޯޓު ނެގުމަށް ވަނީ ތާވަލުކޮށްފައެވެ. އަލީ ޙުސައިންގެ މައްސަލަ ބޭރުކޮށްލި ނަމަވެސް މި ގަރާރުގައި ހިމެނޭ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދެ ވަކީލަކު ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު