މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅަކީ ސަރުކާރުގެ ވަޒީފާތަކަށް ގިނަ އަދަދަކަށް މީހުން ވެއްދުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގައި ދަތިތަކެއް ހުރި އިރު، ވަޒީފާތަކަށް މީހުން ނެގުމުގައި މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުން މިހާތަނަށް ވަޒީފާ ދީފައިވާ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން ޒަމީރު ވިދާޅުވީ، ވަޒީފާގެ ތަފާސްހިސާބުތަކަކީ ފިނޭންސް މިނިސްޓްރީން އާންމުކުރާ މައުލޫމާތެއް ނޫން ކަމަށާއި، އެކަން ހާމަކުރާނީ ރައީސް އޮފީހުން ކަމަށެވެ. ނަމަވެސް، ހިނގަމުންދާ މަޝްރޫއުތަކަށާއި ސަރުކާރު ހިންގުމަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ މިވަގުތު ނުނެގުމަށް ބައެއް ކުންފުނިތަކުގައިވެސް އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވީ ނަމަވެސް، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި މިނިސްޓްރީތަކަށާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޔޫތު މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އިތުރުކުރުމާއި، އާރުޑީސީ ފަދަ ކުންފުނިތަކުން އެތައް ސަތޭކަ ވަޒީފާއެއް އިއުލާންކޮށްފައިވާ މައްސަލާގައި އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މާލީ ހާލަތު ބޮޑުވެ، ހަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ ގޮތަކަށް ވަޒީފާ އިތުރުކުރުމަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި ކަމެއްގެ ގޮތުގައި މާލީ މާހިރުން އަންނަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު