މެދުއިރުމަތީގައި މިހާރު ހޫނުވަމުންދާ މަސްރަހު ސުލްހަ ކުރުމަށް އެމެރިކާ އަދި އީރާނާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ދާކަމަށް އެމެރިކާ އަދި އީރާނުންވެސް ވަނީ ޔަގީންކޮށް ދީފައެވެ. މިކަމާ ގުޅުވާ، އިނގިރޭސި ވިލާތުގައި ހުންނަވާ އިސްރާއީލުގެ އެމްބެސެޑަރ، ޑެނީ ޑެނޮން ވިދާޅުވީ އީރާނާއި އެމެރިކާއާއި ދެމެދު ހިނގާ ސުލްހައިގެ މަޝްވަރާތަކުގައި އިސްރާއީލް ނުހިމެނޭ ކަމަށާއި މެދުކެނޑުމެއް ނެތި އިސްރާއީލުން އީރާނަށް ހަމަލާ ދެމުން ދާނޭކަމަށެވެ. ހަނގުރާމައިގެ މައިގަނޑު މަގުސަދަކީ އީރާނަށް ނިއުކުލިއާ ބޭނުންކުރަން ފުރުސަތު ނުދިނުން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއާ ބެހޭ ގޮތުން އެމެރިކާ އަދި އީރާނުންވެސް އިތުރު ރައްދެއް ދީފައެއް ނުވެއެވެ. އެމެރިކާއިން މި ހަނގުރާމައަށް ވަނުމަށް ފަހު، އިސްރާއީލް އަދި އެމެރިކާގެ ގާތް ގުޅުމުގެ ވާހަކަ ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ސުލްހައިގެ ވަގުތުގައި އިސްރާއީލުން ބީރު ކަންފަތެއް ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިހާރު ދެކެވޭ ސުލްހައިގެ މަޝްވަރާތަކުން ހަނގުރާމަ ނިންމާލުމުގެ ފުރުސަތު އެބައޮތްތޯއެވެ؟ ނޫނީ އެމެރިކާ، މި ހަނގުރާމައިން ބޭރުވެ އިސްރާއީލުން މި ހަނގުރާމަ ކުރިއަށް ގެންދާނީތޯއެވެ؟
28 ފެބުރުއަރީގައި ފެށި މި ހަނގުރާމައަށް މަހެއް ފުރެނީއެވެ. މީގެ ސަބަބުން ހަނގުރާމަ ކުރާ ގައުމުތަކާއި އަވައްޓެރި ގައުމުތަކުގެ ގިނަގުނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވެސް، މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

BREAKING: Israel’s UN ambassador Danny Danon says the country is not part of alleged US‑Iran talks, adding that it will continue strikes in Iran and aims to prevent Iran from gaining nuclear or ballistic missile capabilities.
— Al Jazeera English (@AJEnglish) March 24, 2026
🔴 LIVE updates: https://t.co/uc5N2KCV5i pic.twitter.com/xsBm8iqcYa
28 ފެބުރުއަރީގައި ފެށި މި ހަނގުރާމައަށް މަހެއް ފުރެނީއެވެ. މީގެ ސަބަބުން ހަނގުރާމަ ކުރާ ގައުމުތަކާއި އަވައްޓެރި ގައުމުތަކުގެ ގިނަގުނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވެސް، މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު