ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޔާސީ ގޮތުން ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުޢޫދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމްއަކަށް ގޮސްފިނަމަ، ރައީސް މުޢިއްޒަށް "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ. އަދި މިކަމަކީ ރައީސް މުޢިއްޒު ވަރަށް ފުންކޮށް ވިސްނަވަންޖެހޭ ކަމެއްކަމަށް ސުޢޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޢޫދު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބުވާއިރު، މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިންތިޚާބަށްފަހު ގިނަ ދުވަސްތަކެއް ނުވެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ނުވަތަ އަޒުލްކުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް އިންޒާރު ސުޢޫދު ދެއްވިއެވެ.
"މިއިސްލާހު ގެނެސްގެން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރާ ވޯޓު އެއްދުވަހެއްގައި ލައިގެން، ރައީސުލްޖުމްހޫރިއްޔާއަށް އަޣްލަބިއްޔަތު ލިބިފައި މަޖިލިސް އިދިކޮޅަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވެއްޖިއްޔާ އޭގެ ދެ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ނުހުންނާނެ،" ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރެއްވުނު ނަމަވެސް، މަޖިލީހުގެ މައިނޯރިޓީ (މަދު ގޮނޑިތަކެއް) ސަރުކާރަށް ލިބިއްޖެނަމަ، "ރީތި ބޮނޑިއެއް ބޮވިފައި" އޮތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިކަމުގެ ސަބަބުން ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރައީސްގެ މަގާމު ގެއްލިދާނެ ފަދަ ހާލަތަކަށް ކަންކަން ގޮސްދާނެ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާނެތި، ވަކި ބައެއްގެ މަސްލަހަތު ކުރިއެރުވުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ ގިނަ ދުވަހު ދެމިއޮންނާނެ ބަދަލުތަކެއް ނޫން ކަމަށެވެ.ސުޢޫދު ވިދާޅުވީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީގެ ފަހުން، އެކި ފަހަރުމަތިން ގެނެވުނު އިސްލާހުތަކަކީ ވެރިކަމުގައި ތިބޭ ފަރާތްތަކުން ބޭނުންވާ ވަކި އަމާޒުތަކެއް ހާސިލްކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ކަމަށެވެ. ސުޢޫދު ވިދާޅުވި ގޮތުގައި، ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ސަރީހަކޮށް ލިޔެފައިވާއިރު، މިހާތަނަށް ފެނިގެން ގޮސްފައިވަނީ ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި، ވެރިކަން ކުރާ ފަރާތްތަކުގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ގާނޫނު އަސާސީ ބޭނުންކުރަމުންދާ މަންޒަރެވެ.
"މިއީ ސަގާފަތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަން މި އުޅެނީ. ފުއްޓައްކެއް ޖަހާލާހާ އަވަހަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ދައުލަތެއްގައި ކުޅޭކުޅޭ ކަމަކަށް ވެގެން ނުވާނެ. މިއީ ރައްޔިތުން ބައިވެރިނުކޮށް ކޮށްފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމެއް،" ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ، ދުސްތޫރީ ހުރިހާ އުސޫލުތަކެއް ބުނާ ގޮތުން ރައްޔިތުންގެ ރުހުމާއި މަޝްވަރާނެތި ގެންނަ ކޮންމެ ބަދަލެއްގެ އުމުރު ވަރަށް ކުރުވާނެ ކަމަށެވެ. އަދި އެފަދަ ބަދަލުތައް ދެމިއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނާ މަޝްވަރާކުރެވި، ހުރިހާ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރެވިއްޖިއްޔާ އެ ބަދަލެއް ދިގު މުއްދަތަކަށް ދެމިގެންދާނެ. އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ އޮނިގަނޑު ބަދަލުނުކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ދައުލަތް ދުވަހަކުވެސް މެޗުއަރ (ފައްކާ) އެއް ނުވާނެ،" ސުޢޫދު ވިދާޅުވިއެވެ.
އިންތިޚާބުތައް އެއްކޮށްލުމަކީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމެކެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އަންނަ އޭޕްރީލް މަހު 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު ރެފަރެންޑަމް ވޯޓެއް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު