މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާ އާއި އިޒްރޭލަށް ސިއްސައިގެންދާ ފަދަ ވަރުގަދަ ޖަވާބުތަކެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ އަސްކަރީ މަސްދަރަކުން ހާމަކޮށްފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެ މަސްދަރުން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން އާ ކަންތައްތަކެއް ދައްކާލުމަށް ރާވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިގައި ގެންގުޅުއްވާ އަސްކަރީ ސްރެޓެޖީތައް ނާކާމިޔާބުވަމުންދާކަން ފާހަގަކުރަމުން އެ މަސްދަރުން ބުނީ، މިހާރު ޓްރަމްޕް މަސައްކަތް ކުރައްވަނީ ކުރިމަތިވެފައިވާ "މަރުތަޅުން" ސަލާމަތްވާނެ މަގެއް ހޯއްދެވުމަށް ކަމަށެވެ. އަދި އެމެރިކާގެ ދިފާއީ އަދި ހަމަލާދޭ ހަތިޔާރުތައް ހުރީ ވަރަށް ދަށް ހާލަތެއްގައިކަން އީރާނަށް އެނގޭ ކަމަށާއި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރާ މަސައްކަތުގައި އެއްވެސް އުންމީދެއް ނެތް ކަމަށްވެސް އެ ގައުމުން ބުނެއެވެ.
އީރާނުގެ އަސްކަރީ މަސްދަރުން އިތުރަށް ބުނެފައިވަނީ، ޓްރަމްޕަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވުމުން މިހާރު ބޭނުންކުރައްވަނީ ހަމައެކަނި ބަހުގެ ހަމަލާތައް ކަމަށެވެ. އަދި ޓްރަމްޕް ވަމުންދާ ހުސް ވައުދުތަކާ ޚިލާފަށް، އީރާނުން ދައްކާލާނެ އައު އުކުޅުތަކުގެ ސަބަބުން ހަނގުރާމައިގެ ނަތީޖާ ކުރިއަށްވުރެ ސާފުވެގެންދާނެ ކަމަށްވެސް އީރާނުގެ އަސްކަރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ޓްރަމްޕަށް ދެން ޖެހިވަޑައިގަންނަވާނީ ފޯނާއި ސޯޝަލް މީޑިއާއާ ދުރަށްޖެހިވަޑައިގެން، އުޑުމައްޗަށާއި، ހިއްސާގެ ބާޒާރަށާއި، ތެލުގެ އަގާމެދު ސަމާލުވެލެއްވުމަށް ކަމަށް ބުނެ އީރާނުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. މި މައުލޫމާތުތަކާއެކު، މެދުއިރުމަތީގެ މަސްރަހު ކުރިއަށް އޮތް ތަނުގައި އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު