އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއެޅުއްވި ކަމަށާއި، އެކަމަށް ޓްރަމްޕް ހުއްދަ ދެއްވައި "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށް ގެންދެވިކަން ހާމަވެއްޖެ އެވެ.
މި ހަމަލާގައި ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ވެރިކަން ބަދަލުވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، އެ ގައުމުގެ އާ ލީޑަރަކަށް އައްޔަންކުރި މުޖުތަބާ ޚާމަނާއީ އަކީ އެމެރިކާއާ މެދު މާ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، ދެފަރާތުގެ ގިނަ ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.
މި އޮޕަރޭޝަން ފެށުމުގެ 48 ގަޑިއިރު ކުރިން ނަތަންޔާހޫ ޓްރަމްޕަށް ފޯނުން ގުޅުއްވައި، އީރާނުގެ އެންމެ މަތީ ވެރިން އެކުލެވޭ ބައްދަލުވުމަކަށް އަމާޒުކޮށް "ޑެކެޕިޓޭޝަން ސްޓްރައިކް" އެއް ނުވަތަ އިސްވެރިން ނައްތާލުމުގެ ހަމަލާއެއް ދިނުމަށް ވަނީ ބާރުއަޅުއްވާފައެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި، މިއީ ޚާމަނާއީ ނައްތާލުމަށާއި، މީގެކުރިން ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރޭވި ރޭވުންތަކުގެ ބަދަލުހިފުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.
އެންމެ ފަހުން ފެބްރުއަރީ 27 ވަނަ ދުވަހު ޓްރަމްޕް މި އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމެވީ، އީރާނުގެ ދީނީ ވެރިކަން ވައްޓާލުމުގައި އެހީތެރިވެދީގެން ތާރީޚުގެ ތެރެއަށް ވަދެވިދާނެ ކަމަށް ނަތަންޔާހޫ ދެއްވި ޔަގީންކަމާ ގުޅިގެން ކަމަށް ބެލެވެއެވެ.
މި ހަމަލާތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ، މިއީ އީރާނުގެ ބެލިސްޓިކް މިސައިލް އުފެއްދުމުގެ ގާބިލުކަން ނައްތާލުމަށާއި، އެގައުމަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ އިޒްރޭލުން އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވެއްދި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ.
ޓްރަމްޕްވެސް ވިދާޅުވެފައިވަނީ މިއީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އެހެންނަމަވެސް، ރިޕޯޓުތަކުން އެނގޭ ގޮތުގައި ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން އުޅުނު ކަމަށް ބުނާ މައްސަލަ ފާހަގަކޮށް ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކީ މި ނިންމުމަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވި ކަމެކެވެ.
މި ހަނގުރާމައިގެ ސަބަބުން އީރާނުގެ އާންމުންގެ 2,300 އަށްވުރެ ގިނަ މީހުންނާއި އެމެރިކާގެ 13 ސިފައިން ވަނީ މަރުވެފައެވެ. މީގެ ކުރިން ޖޫން މަހުވެސް އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ. އިޒްރޭލުން އަބަދުވެސް ބޭނުންވަނީ ޚާމަނާއީ ނައްތާލުމަށެވެ. އެއީ ހަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އެހީތެރިވެދީ، އިޒްރޭލަށް ނުރައްކާ ކުރާ އެންމެ ބޮޑު ދުޝްމަނަކީ އޭނާ ކަމަށް ވާތީއެވެ. މި ހަމަލާތަކަށްފަހު އީރާނުގެ ލީޑަޝިޕަށް އައި ބަދަލާއެކު، ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އިތުރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު