އީރާނުން އިޒްރޭލުގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ވަރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްގެ ޖަލްސާ ކުއްލި ގޮތަކަށް މެދުކަނޑާލަން ޖެހިއްޖެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ގުދުސްގައި ހުންނަ މަޖިލިސް އިދާރާގައި ނުރައްކަލުގެ ސައިރަންގެ އަޑު ގުގުމާލުމާއެކު، ޖަލްސާގައި ތިބި ހުރިހާ މެންބަރުން ވަނީ މަޖިލިސް ދޫކޮށް، ރައްކާތެރިކަން ހޯދުމަށްޓަކައި ބަންކަރުތަކަށް ވަދެފައެވެ. މިއީ އީރާނުން ކުރިއަށްގެންދާ އޮޕަރޭޝަން “ޓްރޫ ޕްރޮމިސް 4” ގެ 78 ވަނަ ރާޅުގެ ދަށުން ދިން ހަމަލާތަކުގެ ސީދާ ނަތީޖާ ކަމަށް މައުލޫމާތު ލިބެއެވެ.
ސައިރަންގެ ސަބަބުން ގާނޫނު ހަދާ މަޖިލިސް މެމްބަރުން މަދުކަނޑާލާއި ރައްކާތެރިކަމަށް ބަންކަރުތަކަށް ވަދެފައިވަނީ ހައިފާ، ސަފަދު އަދި ނާޒަރެތު ހިމެނޭ ގޮތަށް އިޒްރޭލުގެ 180 އަށްވުރެ ގިނަ ސަރަހައްދުގައި ނުރައްކަލުގެ ސައިރަން އަޑުން ގުގުމާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން އީރާނުގެ ދެ އުފެއްދުމެއް ކަމަށްވާ “ޢިމާދު” އަދި “ޤަދަރު” މަރުކާގެ މިސައިލްތަކުން އިޒްރޭލުގެ ދިފާއީ ނިޒާމުތަކަށް ނުކަތާވަރަށްވުރެ ބާރުބޮޑުވެ، ޕްރެޝަރު ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
މި ހަމަލާތަކުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ޖެހުނީ ޖަލްސާ މެދުކަނޑާލުމަށްފަހު ފުރާނަ ސަލާމަތްކުރުމަށް ދުވާށެވެ. މިއީ އިޒްރޭލުގެ ސިޔާސީ މަރުކަޒަށް އީރާނުގެ ހަމަލާތަކުގެ ނުރައްކާ އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމެކެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ މަޖިލިސް ރައީސް ގާލީބާފް ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް ދެން ސަލާމަތްތެރިކަމެއް ނެތްކަން އީރާނުން މިހާރު މިވަނީ ސާފުކޮށް ދައްކާލާފައި ކަމަށެވެ. މި ހަމަލާތަކަކީ އިޒްރޭލުން ފަލަސްތީނާއި ލެބަނަންގައި ހިންގަމުންދާ ޖަރީމާތަކަށް ދެވޭ ރައްދެއްގެ ގޮތުގައި ދޭ ހަމަލާތަކެއް ކަން އީރާނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު