ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ "ޗޮކްޕޮއިންޓް" ކަމަށްވާ ބާބް އެލް މަންޑޭބް ސްޓްރެއިޓަކީ ރަތް ކަނޑާއި ގަލްފް އޮފް އޭޑެން ގުޅުވައިދޭ ހަނި މަގެކެވެ. މިއީ މަޝްހޫރު ސުއެޒް ކެނަލްއަށް ވަދެވޭ މައި ދޮރާއްޓެވެ. ނަމަވެސް، ޔަމަނުގެ އައްސޭރިފަށް ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތުމާއި، އެ ސަރަހައްދުގައި އެމީހުންގެ ނުފޫޒު ގަދަވުމާއެކު، މި ކަނޑުއޮޅީގެ ސަލާމަތާމެދު މިއަދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. މި މަގު ބަންދުވެއްޖެނަމަ، އޭގެ ނަތީޖާއަކަށް ވާނީ ދުނިޔޭގެ އިޤްތިޞާދީ މައިބަދަ ވަގުތުން ބިންދައިގެން ދިއުމެވެ.
ބާބް އެލް މަންޑޭބް މުޅިން ބަންދުވެއްޖެނަމަ، ތެލާއި ގޭހާއި މުދާ އުފުލާ ބޯޓުތަކަށް ރަތް ކަނޑުގެ މަގު ދޫކޮށްލަން މަޖުބޫރުވާނެއެވެ. މި ހާލަތުގައި ދެން އޮތް ބަދަލު މަގަކީ އެފްރިކާ ބައްރު ވަށާލައި "ކޭޕް އޮފް ގުޑް ހޯޕް" މަގުން ދަތުރުކުރުމެވެ. މި ބަދަލާއެކު އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރާ ދަތުރުތަކަށް އިތުރު 10 ދުވަހާއި 14 ދުވަހާ ދެމެދުގެ ވަގުތެއް ހޭދަވާނެއެވެ. މިއީ ގާތްގަނޑަކަށް 3،500 ނޯޓިކަލް މޭލުގެ އިތުރުވުމެކެވެ.
ދަތުރު ދިގުވުމުގެ މާނައަކީ ތެޔޮ އަންދާ މިންވަރު އިތުރުވެ، އޮޕަރޭޓިން ޚަރަދު އިންތިހާއަށް މައްޗަށް ދިއުމެވެ. ހަފްތާއަކު ދެމުންދާ ޝިޕިންގ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ހިފެހެއްޓުމަށްޓަކައި އިތުރު އުޅަނދުތައް ބޭނުންވުމުގެ ސަބަބުން، ދުނިޔޭގެ ޝިޕިންގ ކެޕޭސިޓީއަށް ބޮޑު ލޮޅުމެއް އެރިއެވެ. މީގެ ހިތި ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރުގެ ކުރީކޮޅު އޭޝިއާ-ޔޫރަޕް ލޭންގެ ފްރެއިޓް ރޭޓްތައް ވަނީ ތިންގުނައަށް ވުރެ މައްޗަށް ގޮސްފައެވެ.
މިކަމުގެ ސީދާ އަސަރު އެންމެ ފުރަތަމަވެސް ފެނިގެންދިޔައީ ތެލުގެ މާކެޓުންނެވެ. މެދުއިރުމަތީގެ ތެޔޮ ޝިޕްމަންޓްތަކުގެ ބޮޑު ބައެއް ޔޫރަޕަށް ދާ މަގު ބަންދުވުމުން، ދުނިޔޭގެ ކޮންމެ ފަރުދަކަށްވެސް އޭގެ އަސަރު ވަނީ ކޮށްފައެވެ. ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން ކުޑަވުމުން އަގުތައް އުފުލި، ވިޔަފާރިވެރިން ވަނީ ބޮޑު ރިސްކެއްގެ ތެރެއަށް ވެއްޓިފައެވެ. މިއީ ދުނިޔޭގެ ދަތުރުފަތުރާއި، ކަރަންޓުގެ ޚަރަދާއި، އާންމު ދިރިއުޅުމުގެ ކޮންމެ ކަމެއްގެ އަގު ބޮޑުވުމަށް މެދުވެރިވާ ސަބަބެކެވެ. ހޮރްމޫޒް ކަނޑުއޮޅީގެ އިތުރުން ބައިނަލްއަޤްވާމީ ވިޔަފާރީގެ 10 އިންސައްތަ އާއި 15 އިންސައްތައާ ދެމެދުގެ މިންވަރެއް ދަތުރުކުރާ މި މަގަށް ބުރޫއެރުމުން، ބަނދަރުތައް ތޮއްޖެހި، މުދާ ލިބުން ލަސްވެ، އެންމެ ފަހުން އެ ހުރިހާ ބުރައެއް އުފުލަންޖެހެނީ އާންމު ކޮންސިއުމަރުންނަށެވެ.
މުޅި އޭޝިއާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ މި ދަތިކަމުގެ އަސަރު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް ވަނީ ފޯރާފައެވެ. މިއަދު ތެޔޮކޮޅު މި ލިބެނީ މާ ބޮޑު އަގުގައެވެ. ބައެއް ފަރާތްތަކުން މިއީ ވަގުތީ ކަމެއް ކަމަށް ބުނި ކަމުގައިވިޔަސް، މިއީ މުޅި ދުނިޔެއަށް ޖެހިފައިވާ ބޮޑު މުޞީބާތެކެވެ. އަޅުގަނޑުމެންނަށް މީގެ އަސަރެއް ނުކުރާނޭ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. އެހެންކަމުން، މި ދަތި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކޮށް، އިސްރާފު މަދުކޮށް، ދިރިއުޅުން ސްޓޭބަލްކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހެއެވެ. ކުރިއަށް އޮތީ ބޮޑު މަހެވެ. މިއަހަރު ދައުލަތުން ކުރި ބޮޑެތި ޚަރަދުތަކުގެ ނަތީޖާ ފެންނާނެ ދުވަސްތަކެވެ. ތެލުގެ އަގަށް އައި ބަދަލުގެ އަސްލު "އިމްޕެކްޓް" ރައްޔިތުންނަށް އިޙްސާސްވާން ފަށާނީ އަންނަ މަހުގެ މެދާ ހިސާބުގައެވެ. "ރައްކާވެ ތިބިއްޔާ ދަތުރު" ކުރެވޭނެއެވެ.
މި ހާލަތު ކިތަންމެ ސީރިއަސް ނަމަވެސް، ދާއިމީކޮށް މި މަގު ބަންދުވެފައި އޮތުމުގެ ފުރުސަތު ކުޑައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މި މަގު ހުޅުވާފައި ބެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާނެއެވެ. ނަމަވެސް، ވަގުތީ ގޮތުން ކުރިމަތިވާ މިފަދަ ބުރޫއެރުންތަކަކީވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދޭނެ ކަންކަމެވެ. ސާދާ ބަހުން ބުނާނަމަ، ބާބް އެލް މަންޑޭބް ބަންދުކޮށްފިނަމަ ދުނިޔޭގެ ތެޔޮ ހުސްނުވި ނަމަވެސް، އެ ތެލުގެ އަގު އިންތިހާއަށް ބޮޑުވާނެއެވެ. ވިޔަފާރިތައް ކުރިއަށް ދިޔަސް، އެކަން ހިނގާނީ ވަރަށް މަޑުމަޑުން، އަގުބޮޑުކޮށް، އަދި ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު