މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންނަށް ލިބިދޭންޖެހޭ ހަމަހަމަ ފުރުސަތުތަކާ ވަކިނުކުރެވޭނެ ފަދަ މުހިންމު ބަހާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިއަށް ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ފެނަށް ދަތިވާ ހާލަތްތަކުގައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި އަންހެނުންނާއި އަންހެން ކުދިން އުފުލަންޖެހޭ ބުރަ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފެން ރައްކާތެރިކުރުމަށް މިހާރު ހުރި ނިޒާމުތައް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމުގެ އިތުރުން ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ވިލުންވެރި ނިޒާމެއް ގާއިމުކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފެނުގެ ދާއިރާއިން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި ބޯފެން ލޮނުވުމުގެ ހާދިސާތައް ފަދަ ކުއްލި ހާލަތްތަކުގައި އަމަލުކުރާނޭ ގަވާއިދުތަކެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މައިގަނޑު ގޮތެއްގައި ބާރުއަޅުއްވާފައި ވަނީ ފެނާ ގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ.
"ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު އަސާސް. ސާފު ބޯފެން ކަށަވަރުވުމަކީ މިންތީގެ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސާފު ފެން ރައްކާތެރި ކުރުމަށާއި، ރައްޔިތުން ބާރުވެރިކޮށް ފެނުގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްދޭ ފަރާތްތަކާއި، ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް އުޖާލާ އަދި ހަމަހަމަ ކުރިމަގެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "ފެން އަދި މިންތި" އެވެ.

ކިޔުންތެރިންގެ ހިޔާލު