އީރާނުގެ ވައިގެ ސަރަހައްދަށް ވަން އިޒްރޭލުގެ އެފް-16 މަރުކާގެ ފައިޓަރ ޖެޓެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާކަން އިރާނުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފިއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި، މި ބޯޓަކީ އީރާނުގެ މެދުތެރޭގެ ވައިގެ ސަރަހައްދުން ވައްޓާލި އިޒްރޭލުގެ ތިންވަނަ ޖެޓެވެ.
މި ހަމަލާދީފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން ކަމަށް އެ ގައުމުން ހާމަކުރެއެވެ.
އައި.އާރް.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުޝްމަނުންގެ 200 އަށްވުރެ ގިނަ އުޅަނދު މިހާތަނަށް ހަލާކުކޮށްލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑްރޯންތަކާއި، ކްރޫޒް މިސައިލްތަކުގެ އިތުރުން ކުރިއަރާފައިވާ ފައިޓަރ ޖެޓްތައް ހިމެނެއެވެ.
މިއީ އީރާނުގެ ވައިގެ ސަރަހައްދު ބެލެހެއްޓުމާއި ނުރައްކާތަކާ ކުރިމަތިލުމުގައި އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިންވެސް ވަނީ އީރާނުގެ ދިފާއީ ނިޒާމުން ފޮނުވާލި މިސައިލަކުން އެ ގައުމުގެ ޖެޓަށް ހަމަލާދީފައިވާކަމަށް އެއްބަސްވެފައެވެ.
އިޒްރޭލުން ބުނި ގޮތުގައި އެ ބޯޓަކީ އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށް ދިޔަ ބޯޓެކެވެ. އަދި މި ހާދިސާގައި ބޯޓު ދުއްވަން ތިބި ޕައިލެޓުން ސަލާމަތްވެފައިވާ ކަމަށް އިޒްރޭލުން މައުލޫމާތު ދެއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ވައިގެ މަގުން އާ އުދުވާންތަކެއް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު