އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ނަމުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޭލްކޮށްލުމަށްފަހު ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެއެވެ. ޑިމޯނާގެ އިތުރުން އެއިލަޓް، ބީރު ޝެބާ އަދި ކިރްޔަތު ގަޓްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މީގެ އިތުރުން، މި ހަމަލާތަކުގައި ކުވެއިތުގައި ހުންނަ އަލީ އަލް-ސާލިމް މަރުކަޒާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް-މިންހާދު އަދި އަލް-ޛަފްރާ މަރުކަޒަށް ވެސް އީރާނުން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.
އައި.އާރް.ޖީ.ސީން ބުނާ ގޮތުގައި އިޒްރޭލުން ދަނީ ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ އަދަދު ސިއްރުކުރުމަށްޓަކައި ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. މި ހަމަލާތަކަކީ އިޒްރޭލުގެ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް ދިން ބަދަލުހިފުމުގެ ހަމަލާތަކެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ކުރަމުންދާ މަސައްކަތްތަކަށް އީރާނުން ވަނީ ތައުރީފުކޮށްފައެވެ.
އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އިޒްރޭލަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި އުނދަގޫ ހަމަލާތަކެވެ. ޚާއްޞަކޮށް ޑިމޯނާ ފަދަ ނިއުކްލިއާ ރިއެކްޓަރު ހުންނަ ސަރަހައްދަކަށް ހަމަލާ އަމާޒުވުމަކީ އިޒްރޭލުގެ ސަލާމަތީ ނިޒާމަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު