ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަނޑައަޅާފައިވާ އެންޓި-ޑިސްކްރިމިނޭޝަން ނުވަތަ ތަފާތުކުރުންތަކާ ދެކޮޅަށް ގެންގުޅޭ އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން، އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން (އައި.އެފް.އޭ) ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ފީފާއިން ނިންމައިފިއެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފައިވަނީ 150,000 ސުވިސް ފްރޭންކް (ގާތްގަނޑަކަށް 190,700 ޑޮލަރު) އިންނެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލުގެ ކުލަބެއް ކަމަށްވާ ބީޓާރު ގުދުސްގެ ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާ ނަސްލީ ތަފާތުކުރުންތަކުގެ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެ ގައުމުގެ އެސޯސިއޭޝަން ފެއިލްވެފައިވާތީއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާއަށް ހުށަހެޅި މައްސަލައެކެވެ. ފަލަސްތީނުން އެދިފައިވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިން އިޒްރޭލު ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ސަސްޕެންޝަނެއްގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރުމަށެވެ.
ފީފާގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބީޓާރު ގުދުސް ކުލަބުގެ ސަޕޯޓަރުން "ފޯ އެވަރ ޕިއޯ" ފަދަ ނަސްލީ ޝިއާރުތައް ބޭނުންކުރުމާއި، އަރަބި ކުޅުންތެރިންނާ ދިމާލަށް "ޓެރަރިސްޓް" ފަދަ ބަސްތަކުން މުޚާތަބުކޮށް ނަސްލީ ގޮތުން ދަށްކޮށްލުމަކީ އެ ގައުމުގެ ދަނޑުތަކުގައި އާންމުވެފައިވާ ކަމެކެވެ. މިއީ ހަމައެކަނި އެއް ކުލަބެއްގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އިޒްރޭލު އެސޯސިއޭޝަނުން މިފަދަ ކަންކަން ހުއްޓުވުމުގައި ބޮޑުތަނުން އިހުމާލުވަމުންދާކަމުގެ ހެއްކެއް ކަމަށް ފީފާއިން ބުނެފައިވެއެވެ.
މި ޖޫރިމަނާގެ އިތުރުން ފީފާއިން ވަނީ އިޒްރޭލަށް ބައެއް ކަންކަން ކުރުމަށް ޝަރުތުތައްވެސް ކޮށްފައެވެ. އެގޮތުން، އިޒްރޭލުން ކުޅޭ ކުރިއަށް އޮތް ތިން މެޗުގައި "ފުޓްބޯޅައިން ދުނިޔެ އެއްބައިކުރޭ - ތަފާތުކުރުންތަކަށް ނޫނެކޭ ބުނޭ" މި ޝިއާރު ލިޔެފައިވާ ބޮޑު ބެނާއެއް ދަނޑުގައި ހަރުކުރަން ޖެހެއެވެ.
ހަމައެއާއެކު، ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރަންވާނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޚާއްޞަ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމަށް ކަމަށްވެސް ފީފާގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު