ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކޮންޓެންޖެންސީ ފަންޑުން ޚަރަދުކޮށްގެން ނަމަވެސް، ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްދިނުމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ބުރަ ރައްޔިތުން އުފުލަންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގައި ކޮންޓެންޖެންސީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އޮންނާނެކަން ފާހަގަކުރައްވައި، އެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، އިގްތިސާދީ ދަތި ދަނޑިވަޅެއްގައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަަަަޅުތަކަކީ 10 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 300 ކާރު އެތެރެކުރުމާއި، ރަށްރަށުގައި ބޮޑެތި ޚަރަދުތައް ކޮށްގެން އީދު ދިއްލުންތައް ދިއްލުމާއި މާލޭގައި ސައިކަލު ބުރެއް ބޭއްވުން ކަމަށެވެ. ޣަފޫރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ތެޔޮ އެންމެ އަގުބޮޑުކޮށް ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
"ކުރިން 9 ރުފިޔާއަށް ލިބުނު ޕެޓްރޯލާއި ޑީސަލް މިއަދު މި ވިއްކަނީ 18 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި. މިއީ ދުނިޔޭގެ ނިސްބަތުން ވެސް ތެޔޮ އެންމެ އަގުބޮޑު އެއް ގައުމަށް ރާއްޖެ ވެގެންދާ ކަމެއް،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ އެސްޓީއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ތެލުގެ ވިޔަފާރިން ކަމަށްވާއިރު، ރައްޔިތުންނަށް މި ދަނޑިވަޅުގައި ލުއި ދޭންޖެހޭނެ ކަމަށެވެ. މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު ވިދާޅުވި ގޮތުގައި، ޖެޓް ފިއުލްގެ އަގު ބޮޑުވުމާ ގުޅިގެން ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓް އަގުބޮޑުވުމަކީ ވެސް ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެކެވެ. ސަރުކާރުން ކަންކަން ކުރަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި، އޮޔާދާ ގޮތަށް ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލިބޭނީ ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން މިތިބެނީ އެންމެންގެ ހައްގުތައް ހިމާޔަތްކުރަން. ނަމަވެސް މިހާރު ފެންނަނީ ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކަންކަން ކުރަމުންދާ މަންޒަރު،" ޣަފޫރު ވިދާޅުވިއެވެ.
ދައުލަތުގެ ކޮންޓެންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓު އެކުލަވައިލާއިރު އަންދާޒާނުކުރެވޭ ކުއްލި ކަންތައްތަކާއި ކާރިސާތަކުގައި ކުރަންޖެހޭ ޚަރަދުތަކަށް ޚާއްޞަކޮށްފައިވާ އިމަޖެންސީ ފަންޑެކެވެ. މި ފައިސާ ބޭނުންކުރަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ވަކި މިންވަރަކަށް، މިނިސްޓްރީ އޮފް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން އެހެން ބަޖެޓު ކޯޑަކުން ޚަރަދުކުރެވެން ނެތް ޒަރޫރީ ކަންކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވެ، އަމިއްލަ ލޯންޗުފަހަރުގެ ދަތުރުތަކުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެސްޓީއޯ މެދުވެރިކޮށް އެ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު