ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި، ރަމަޟާން މަހަށް އަމާޒުކޮށް ފައިސާގެ އެހީ ދޭކަމަށް ބުނެ މީސްމީޑިއާގައި ހިންގަމުންދާ ވަރުގަދަ ސްކޭމަކަށް ސަމާލުވުމަށް އެމަނިކުފާނު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.
މި ދުވަސްވަރު ވަޓްސްއެޕް ގްރޫޕްތަކާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ މެސެޖުތަކެއްގައި ބުނެފައިވަނީ، ރަމަޟާން މަހާ ދިމާކޮށް ނިކަމެތި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން 50،000 ރުފިޔާގެ ކޭޝް ސަޕޯޓެއް ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ދެއްވާ ކަމަށެވެ. އާންމުންނަށް އޮޅުވާލުމަށްޓަކައި މި މެސެޖުތަކާއެކު އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގާސިމްގެ ފޮޓޯއަކާއި، މައުލޫމާތު ފުރަންޖެހޭ ކަމަށް ބުނާ ލިންކެއްވެސް ދަނީ ފަތުރަމުންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ގާސިމް އިބްރާހިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެމަނިކުފާނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، މިއީ ހަގީގަތާ ހިލާފު ބޮޑު އޮޅުވާލުމެއް ކަމަށެވެ.
މިފަދަ މަކަރުވެރި އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ އަގުހުރި ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް މާލީ ގޮތުންނާއި އެ ނޫން ގޮތްގޮތުން ނިކަމެތިކަމާއި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ގާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ނޭއްގާނީ އަމަލުތަކުން ރައްކާތެރިވެ ތިބުމަށާއި، ކަނޑައެޅިގެން އޮޅުވާލުމަށް ހިންގާ މިފަދަ ކަންކަމަށް ނުހެއްލުމަށް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސިޔާސީ ބޭފުޅުންނާއި އެކި މުއައްސަސާތަކުގެ ނަމުގައި މިފަދަ ސްކޭމްތައް ހިންގުން ވަނީ އިތުރުވެފައެވެ. އެހެންކަމުން، މީސްމީޑިއާގައި ދައުރުވާ ލިންކުތަކަށް މައުލޫމާތު ދިނުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުންވެސް އަބަދުވެސް އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު