ދަރިންނަށް ދެ އަހަރު ފުރެންދެން، ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސްވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހު 8 ވަނަ ދުވަހުއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ބިލެކެވެ.
މީގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނު އޮތް ގޮތުން، އަންހެން މުވައްޒަފުންނަށް ދަރިފުޅަށް ގާތުންދިނުމަށާއި އެހެނިހެން ކަންކަމަށް 30 މިނިޓުގެ ދެ ހުސްވަގުތު ދުވާލަކު ދޭންޖެހެނީ ދަރިފުޅަށް އެއް އަހަރު ފުރެންދެނެވެ. ނަމަވެސް، މިއަދު ތަސްދީގު ކުރެވުނު އިސްލާހާއެކު، ދަރިފުޅަށް ދެ އަހަރު ފުރެންދެން އެ ހުސްވަގުތު މުވައްޒަފަށް ދިނުން ވަޒީފާދޭ ފަރާތަށް މިހާރު ލާޒިމްވާނެއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް އިތުރަށް ކަށަވަރުކުރުމެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކުރުން ހިމެނެއެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަކީވެސް މި އިސްލާހުގެ މަގްސަދެކެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ވަކި ވިޔަފާރިތަކަކުން ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް މި ބިލުގެ ދަށުން ވަނީ ދީފައެވެ. އަދި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް މިހާރު ވަނީ ގާނޫނުގައި ކަނޑައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު