އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، ތެލްއަވީވްގެ ހަބީމާ މައިދާނަށް ގާތްގަނޑަކަށް 200 އެއްހާ މީހުން އެއްވެއްޖެއެވެ.
އަރަބި-އިސްރާއީލީ ނޫސްވެރިއެއް ކަމަށްވާ ޔަނާލް ޖަބާރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ދަނީ "ސްކޫލް ކުދިންގެ ގަބުރުތަކުގެ މަތީގައި ޑިމޮކްރަސީއެއް ބިނާއެއް ނުކުރެވޭނެ" ކަމަށާއި، "ޕައިލެޓުންނޭ، ބޮން އެޅުން ހުއްޓާލާ" ފަދަ ޝިއާރުތަކުން އަޑުއުފުލަމުންނެވެ.
މި މުޒާހަރާ ބާއްވާފައި މިވަނީ، ފާއިތުވި ހަފުތާތަކުގައި ބޭއްވި މިފަދަ އެއްވުންތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓުން މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ ޔަހޫދީންގެ 93 އިންސައްތަ މީހުން މި ހަނގުރާމައަށް ތާއީދުކުރާއިރު 7 އިންސައްތަ ތާޢީދެއް ނުކުރެއެވެ. އަރަބި ދަރިކޮޅުގެ އިސްރާއީލީންގެ ތެރެއިން މި ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 26 އިންސައްތަ މީހުންނެވެ. 74 އިންސައްތަ މީހުން ހަނގުރާމައާއި ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު