މިހާރު ނެގުމަށް ތައްޔާރުވަމުންދާ ފެންނަ ނުފެންނަ ވޯޓަކީ ވެރިން މަގާމުގެ ހުވާ ކުރުމަށްފަހު، އެ ބޭފުޅުންގެ ދައުރުގެ މުއްދަތު ބަދަލުކުރެވިދާނެ ކަމަށް ކަނޑައެޅުމަށް ނަގާ ވޯޓެއް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ސަރުކާރުން ނަގަން ތައްޔާރުވަމުންދާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ 5 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާ ކުރެވޭނީ ގިނަވެގެން 5 އަހަރުގެ ދެ ދައުރުގައި ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނީ، ވެރިކަމުގެ ނިޒާމު ހުދުމުޚުތާރުވިޔަ ނުދިނުމަށްޓަކައި ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ހިނގަމުންދާ ދައުރެއްގެ މުއްދަތު 7 އަހަރަށް ނުވަތަ 10 އަހަރަށް އިތުރު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން، ޤާނޫނުއަސާސީއަށް ގެނެވުނު 8 ވަނަ އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވަނީ، ނަގަން އުޅޭ ވޯޓަކީ ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓެއް ނޫން ކަމަށް ވެސް ސާފުކޮށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ވޯޓަކީ ވެރިން މަޤާމުގެ ހުވާ ކުރުމަށްފަހު، އެ ބޭފުޅުންގެ ދައުރުގެ މުއްދަތު ބަދަލު ކުރެވިދާނެ ކަމަށް ކަނޑައެޅުމަށްޓަކައި ނަގާވޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު