ތިބާގެ ދިރިއުޅުމާމެދު މިއަދު ހިތްހަމަޖެހެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ފަހަރެއްގައި ދިރިއުޅުމުގެ ބައެއް ކަންކަމާ މެދު ހިތްހަމަޖެހުނު ކަމުގައި ވިޔަސް، މުޅި ދިރިއުޅުމާ މެދު މާޔޫސްވުމަކީ ގިނަ ބަޔަކަށް ތަޖުރިބާ ކުރަންޖެހޭ އާންމު ކަމެކެވެ.
ބައެއް ފަހަރު، ހިތްހަމަނުޖެހުން އިހުސާސްވާ ސަބަބު ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. ނަމަވެސް އަނެއްބައި ފަހަރު އެއީ ކޮން ސަބަބަކާ ހުރެ ދިމާވާ ކަމެއްކަން ދެނެގަންނަން އުނދަގޫވެއެވެ. މިފަދަ ހާލަތްތަކުގައި، ހިތްހަމަނުޖެހުން މެދުވެރިވާ އާންމު ސަބަބުތަކަށް ނަޒަރު ހިންގާލުމުން، ދިރިއުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެވި، އުފާވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ލިޔުމުގައި މި ބަލާލަނީ ދިރިއުޅުމުގައި ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި، ގިނަ މީހުންނަށް ދިމާވާ ހިތްހަމަނުޖެހުމުގެ އެންމެ އާންމު 10 ދާއިރާއަށެވެ.
1. ތިމާ ގަބޫލުކުރާ އުސޫލުތަކާއި މިންގަނޑުތަކާ މެދު ވިސްނާލުން
އަޅުގަނޑުމެން ދިރިއުޅުމުގައި އެންމެ އިސްކަންދޭ ކަންކަން ކަނޑައަޅައިދެނީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކާއި އަގުތަކުންނެވެ. އެހެންކަމުން، ހިތްހަމަނުޖެހުން އިހުސާސްވާ ނަމަ، ތިމާ ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ ބަލާށެވެ. ދިރިއުޅުމުގެ އިސްކަންދޭ ކަންކަން، ތިމާ އެންމެ މުހިންމުކަމަށް ދެކޭ ކަންކަމާ އެއްގޮތަށް ބައްޓަން ކުރާށެވެ. މިސާލަކަށް، އައު އުފެއްދުންތަކަށް ލޯބިކުރާ ނަމަ، ދިރިއުޅުމުގައި އެފަދަ ކަންކަމަށް ވަގުތު ހުސްކުރާށެވެ. ގާތް ގުޅުންތަކަށް އިސްކަންދޭ ނަމަ، އާއިލާއާއި ރަހުމަތްތެރިންނާއެކު ހޭދަކުރާ ވަގުތު އިތުރުކުރާށެވެ. ތިމާގެ އަގުތަކަށް އިސްކަންދީ، އެކަންކަމަށް ވަގުތާއި ހަކަތަ ހުސްކުރުމުން ދިރިއުޅުމުގެ މާނަ ފުންވެ، ހިތްހަމަޖެހުން ލިބޭނެއެވެ.
2. ގުޅުންތަކާ މެދު ފުންކޮށް ވިސްނާލުން
އަޅުގަނޑުމެން އެހެން މީހުންނާ ބާއްވާ ގުޅުންތަކަކީ ދިރިއުޅުމުގެ އުފާވެރިކަމާ ސީދާ ގުޅިފައިވާ ކަމެކެވެ. އާއިލާއާއި، ރަހުމަތްތެރިން އަދި މަސައްކަތުގެ މާހައުލުގައި އޮންނަ ގުޅުންތަކުގެ ފެންވަރު ހުރީ ކިހިނެއްތޯ ބަލާށެވެ. ވަކިން ހާއްސަކޮށް، ހަޔާތުގެ ބައިވެރިޔާއާއެކު އޮންނަ ގުޅުމަކީ މުޅި ދިރިއުޅުމަށް އޭގެ އަސަރު ފޯރާ ކަމެކެވެ. މި ގުޅުންތަކުން ތިމާއަށް ހިތްހަމަޖެހުން ލިބޭތޯ ނުވަތަ އެއީ ހަމައެކަނި ނޭދެވޭ އަސަރުތަކެއް ކުރާ ގުޅުންތަކެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ގުޅުންތައް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަމެއްތޯ ނުވަތަ އައު، އުފާވެރި ގުޅުންތަކެއް ބިނާކުރަންވީތޯ ނިންމާށެވެ.
3. ވަޒީފާއާއި ކެރިއަރުގެ ހާލަތު ވަޒަންކުރުން
ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ނުހަނު ފޫހިކަމާއެކުގައެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ދާން ބޭނުންނުވާ ތަނެއްގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލުމެވެ. ތިބާ ކުރާ މަސައްކަތަށް ޝައުގުވެރިކަން ހުރޭތޯއެވެ؟ ނުވަތަ އެއީ ހަމައެކަނި ފިއްތުންތަކާއި މާޔޫސްކަން ގެނެސްދޭ ކަމެއްތޯއެވެ؟ ވަޒީފާގައި ހިތްހަމަނުޖެހޭ ނަމަ، ތިމާގެ ހުނަރާއި ޝައުގުވެރިކަމާ ގުޅޭ އައު ދާއިރާއަކުން ކުރިއަށް ދިއުމަށް ވިސްނާށެވެ.
4. ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން
ޖިސްމާނީ ސިއްހަތަކީ އާންމު ދުޅަހެޔޮކަމުގެ ބިންގަލެވެ. ސިއްހަތަށް ފަރުވާކުޑަކުރުމަކީ ދިރިއުޅުމުގެ ހިތްހަމަޖެހުން ގެއްލޭނެ ކަމެކެވެ. ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، މޫޑު ރަނގަޅުކޮށްދޭނެ ކަމެކެވެ. ގަވާއިދުން ސިއްހީ ޗެކަޕްތައް ހަދައި، ހަށިގަނޑަށް ބޭނުންވާ އަޅާލުން ދޭށެވެ.
5. ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުން
ރޫހާނީ ގުޅުން ބަދަހިކުރުމަކީ ދިރިއުޅުމުގެ މަގުސަދު ސާފުވެ، ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. ޚާލިޤުވަންތަ ﷲ އާ އޮންނަ ގުޅުން ވަރުގަދަކުރުމަކީ ދިރިއުޅުމުގެ މާނަ ފުންވެ، ހިތްހަމަޖެހުން ހޯދުމަށް އޮތް އެންމެ ވަރުގަދަ މަގެވެ. ނަމާދުކުރުމާއި، ޛިކުރުކުރުމާއި، ދީނީ ކަންކަމަށް ސަމާލުކަން ދިނުމުން ނަފްސަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބިގެންދާނެއެވެ.
6. މާލީ ހާލަތު މުރާޖައާކުރުން
ފައިސާގެ ދަތިކަމަކީ ދާއިމީ ފިކުރުބޮޑުވުމާއި ހިތްހަމަނުޖެހުން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ތިބާގެ މާލީ ހާލަތު ހުރީ ތިބާގެ ލަނޑުދަނޑިތަކާ އެއްގޮތަށްތޯ ބަލާށެވެ. ފައިސާ މެނޭޖުކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށް، އިސްރާފު ކުޑަކޮށް، ރައްކާކުރަން އާދަކުރާށެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ހިތްހަމަޖެހުމަކީ ހަމައެކަނި ގިނަ ފައިސާ ހުރުން ނޫން ކަމެވެ. އެންމެ ބޮޑު އުފަލެއް ލިބެނީ އެހެން މީހުންނަށް އެހީތެރިވެ، ދީލަތިވުމުންނެވެ.
7. ދިރިއުޅޭ މާހައުލު ވަޒަންކުރުން
އަޅުގަނޑުމެން ދިރިއުޅޭ މާހައުލަކީ ހިތުގެ ހަމަޖެހުމާ ގުޅިފައިވާ ތަނެކެވެ. ދިރިއުޅޭ ގޭގެ މާހައުލާ މެދު ހިތްހަމަޖެހޭތޯއެވެ؟ ގޭތެރެ ސާފުތާހިރުކޮށް ބޭއްވުމާއި، ތަރުތީބުކޮށް ބެހެއްޓުމަކީވެސް ނަފްސާނީ ހަމަޖެހުން ލިބޭނެ ކަމެކެވެ. ތިމާގެ ވަށައިގެންވާ މާހައުލަކީ ހިތްފަސޭހަ، އަމާން ތަނަކަށް ހަދަން މަސައްކަތް ކުރާށެވެ.
8. ތިމާ ޝައުގުވެރިވާ ކަންކަން ދެނެގަތުން
ޝައުގުވެރިކަމަކީ (Passions) ދިރިއުޅުމުގައި އުފާވެރިކަން ގެނެސްދޭ ކަންކަމެވެ. ބައެއް ފަހަރު ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ތިމާ ކުރާހިތްވާ ކަންކަން މަތިން ހަނދާން ނެތެއެވެ. ތިމާ ލޯބިކުރާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް ވަގުތު ހުސްކުރާށެވެ. ހަމައެކަނި "ދުވަސްތައް ގުނުމުގެ" ބަދަލުގައި، އުފަލާއެކު "ދިރިއުޅެން" ފަށާށެވެ.
9. އަމިއްލަ ނަފްސާ މެދު ވިސްނައި މުރާޖައާކުރުން (Self-reflection)
އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނުމަކީ ހިތްހަމަނުޖެހުން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް އޮތް އެންމެ ފައިދާހުރި ގޮތެވެ. ދިރިއުޅުމުގައި ދާން ބޭނުންވާ މިސްރާބާ މެދު ވިސްނުމަށް ވަގުތު ހުސްކުރާށެވެ. ލިޔުންތައް ލިޔުމާއި (Journaling) ނުވަތަ އެކަނިވެލައިގެން ވިސްނާލުމުން، ތިމާގެ އިހުސާސްތައް ދެނެގަނެވި، ބަދަލުކުރަންޖެހޭ ކަންކަން ސާފުވާނެއެވެ.
10. ފަންނީ އެހީތެރިކަން ހޯދުން
ދިރިއުޅުމުގައި ހިތްހަމަނުޖެހުން ހުރި ނަމަވެސް އެއީ ކީއްވެގެންވާ ކަމެއްކަން ދެނެގަންނަން އުނދަގޫ ނަމަ، ކައުންސިލަރެއް ނުވަތަ ކޯޗެއްގެ އެހީތެރިކަން ހޯދާށެވެ. ތަޖުރިބާކާރު ބޭފުޅެއްގެ ލަފާގެ މަތިން މަސައްކަތް ކުރުމަކީ ތިމާގެ ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މިއީ ބަލިކަށިކަމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ބުއްދިވެރިކަމުގެ ނިޝާނެކެވެ.
ނިންމުން
ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ހިތްހަމަނުޖެހުން އިހުސާސްވުމަކީ ދިމާވެދާނެ ކަމެކެވެ. ނަމަވެސް އެ އިހުސާސްތަކުގައި ދާއިމަށް ދެމިހުރެގެން ނުވާނެއެވެ. މަތީގައި ބަޔާންކުރެވުނު ކަންކަމަށް ސަމާލުކަން ދީގެން، ދިރިއުޅުން އުޖާލާކޮށް، ފުރިހަމަ ހިތްހަމަޖެހުމެއް ހޯދުމަށް މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު