ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ރަށްރަށުގެ ތަރައްޤީއަށް ހުރަސް އެޅުމަށް ހިންގާ ވަރަށް މަކަރުވެރި ރޭވުމެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރައްޔިތުން ނިކަމެތިކޮށްލުމުގެ މަގްސަދުގައި ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
ސަރުކާރުން ބުނަމުންދަނީ ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ނަމަވެސް އައްބާސް ވިދާޅުވީ، ދެ އިންތިޚާބު ވަކިވަކިން ބާއްވައިގެންވެސް ޚަރަދު ކުޑަކުރެވޭނެ އެތައް ގޮތްތަކެއް ހުރި ކަމަށެވެ. އެކަންކަމަށް ފުރުސަތު ނުދީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސްވެރިން މިކަމަށް ބާރުއަޅަމުންދަނީ އޭގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރި މަގްސަދުތަކެއް އޮތީމާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް ޑރ. މުޢިއްޒު އިސްވެ ހުރެ ސަރުކާރުގެ ހުރިހާ ވެރިން ރޭއަދުވާލު އެއްރަށުން އަނެއް ރަށަށް މަރުފަލި ޖަހަމުން އެގެންދަވަނީ މިކަމުގެ ފަހަތުގައި އޮތް މަކަރުވެރިކަން ބޮޑުވީމަކަން ރައްޔިތުން މިއަދު ގަބޫލުކުރައްވަން ޖެހޭ،" އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްބާސް ވަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތަކާއި ހައްގުތަކާމެދު ފުންކޮށް ވިސްނުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ އަތުގައި އޮތް ބާރުތަކަށް ވިސްނާނުލައި ދޫކޮށްލައިފިނަމަ، އެ ބާރުތައް އަލުން އަނބުރާ ހޯދުމަށްޓަކައި މުސްތަގުބަލުގައި ވަރަށް ބޮޑު އަގެއް ދައްކަން ޖެހިދާނެ ކަމަށެވެ.
ސަރުކާރުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމު ރައްޔިތުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު