އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީ ޔަހޫދީންގެ ޓެރަރިސްޓް ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަށީގެންވާ ހިތާމައެއް ފާޅުނުކުރާތީ ވޭލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ރައީސް މުއިއްޒުގެ "ޖާހިލުކަމާއި މުނާފިގުކަމާ" މެދު ރައްޔިތުން ވިސްނާ ފިކުރުކުރުމަށް ގޮވާލައްވައި، ސަރުކާރުގެ އަމަލުތަކުން ފެންނަނީ އިސްލާމީ އުންމަތުގެ ހިތާމައަށްވުރެ ބޮޑަށް އެހެން މަސްލަހަތުތަކަށް އިސްކަންދޭ މަންޒަރު ކަމަށް ސިފަކުރައްވާފައެވެ.
އައްބާސް ފާހަގަކުރެއްވި ގޮތުގައި، ކާފަރު ގައުމެއްގެ ވެރިއަކު މަރުވެއްޖެނަމަ، ސަރުކާރުން ވަގުތުން ފަތިފައްޗަށް ތައުޒިޔާގެ މެސެޖުތަކާއި ބަޔާންތައް ނެރެ، ގައުމީ ދިދަ ވެސް ބައިދަނޑިއަށް ތިރިކުރެއެވެ. ނަމަވެސް، އިސްލާމީ ގައުމެއްގެ އެންމެ އިސް ލީޑަރު ޝަހީދުކޮށްލުމުން ވެސް ސަރުކާރުގެ އެއްވެސް ހިލަމެއް ނެތް ކަމަށާއި، މިއީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ގައުމީ ދިދަ ތިރިކުރަނީ ހަމައެކަނި ކާފަރުންގެ ވެރިންނަށްތޯ؟" ސުވާލު އުފައްދަވަމުން އައްބާސް ވަނީ އިނގިރޭސި ރާނީ ފަދަ ލީޑަރުން މަރުވުމުން އަމަލުކުރި ގޮތާއި މިއަދުގެ ހާލަތާ އަޅާކިޔައި ސަރުކާރަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.
މި މައްސަލާގައި ސަރުކާރުން ގެންގުޅޭ ހިމޭން ސިޔާސަތާ މެދު އާންމުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ގިނަ ބަޔަކު ދަނީ އިސްލާމީ ގައުމެއްގެ ލީޑަރަކު ޝަހީދުވުމުން ސަރުކާރުން އެއްޗެއް ބުނަން ނުކެރުމަކީ "ޔަހޫދީންގެ ނުފޫޒަށް ލެނބުން" ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްބާސްގެ ފާޑުކިޔުންތަކާއެކު، ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އިސްލާމީ އަޚުވަންތަކަމަށްވުރެ ބޮޑަށް ހުޅަނގުގެ ރުހުން ހޯދުމަށް ބިނާވެފައިވާ ސިޔާސަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު