އިރާގުގެ އުތުރުގައި އޮންނަ އަރުބީލް ގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް، އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ގްރޫޕަކުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ އެ މަރުކަޒުގައި ހުރި ހަތިޔާރު ގުދަނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ވަރުގަދަ ގޮވުންތަކެއް ގޮވައި، ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ހަތިޔާރު ގުދަނުގައި ރޯވުމުގެ ސަބަބުން ސިލްސިލާ ގޮވުންތަކެއް އިވެމުންދިޔަައިރު، މުޅި ސަރަހައްދު އޮތީ ބޯ ދުމުން ފުރިފައެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ "ސަރަޔާ އަވްލިޔާ އަލް-ދަމް" ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި މިއީ އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާގެ ބާރުތަކާ ދެކޮޅަށް ދިން ބަދަލުހިފުމުގެ ހަމަލާއެކެވެ. މި ހާދިސާގައި އެމެރިކާގެ ސިފައިންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު