އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނީޖާދު، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން މިސައިލް ހަމަލާތަކެއްގައި އަވަހާރަވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ކަމަށް މައުލޫމާތު ލިބެއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާއަކީ އީރާނުގެ އިސްވެރިންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކުގެ ތެރެއިން ދެވުނު ހަމަލާއެކެވެ. އީރާނުގެ ބައެއް ނޫސް އިދާރާތަކުން ވެސް މިހާރު ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ.
މަހްމޫދު އަހުމަދީނީޖާދަކީ 2005 އިން 2013 އަށް އީރާނުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހޯއްދަވާފައިވެއެވެ.
މީގެ އިތުރުން 2009 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އީރާނުގައި ހިނގި ބޮޑެތި މުޒާހަރާތަކަކީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ ފާހަގަކޮށްލެވޭ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު