ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ޕޫޓިން މި އަމަލު ސިފަކުރެއްވީ އިންސާނީ އަޚުލާގާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ހުރިހާ މިންގަނޑުތަކަކާ ޚިލާފަށް ހިންގާފައިވާ "ލަދުކުޑަ މަރުގެ އަމަލެއް"ގެ ގޮތުގައެވެ. ކްރެމްލިން މެދުވެރިކޮށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޕޫޓިން ވިދާޅުވީ، މިއީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް، ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މީގެ ސަބަބުން ދުނިޔޭގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.
ޕޫޓިންގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާޔަތުﷲ ޚާމަނާއީއަކީ ރަޝިޔާ އާއި އީރާނާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމަށް ވަރަށް ބޮޑު މަސައްކަތްޕުޅުތަކެއް ކުރެއްވި، އިޚުލާޞްތެރި ލީޑަރެކެވެ.
ރަޝިޔާއިން މި ހަމަލާ ދެކެނީ ހަމައެކަނި އީރާނުގެ އިސްތިގުލާލަށް އަރައިގަތުމެއްގެ ގޮތުގައި ނޫން ކަމަށާއި، މިއީ މުޅި ބައިނަލްއަގުވާމީ ނިޒާމަށް ގޮންޖެހުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިޔާ އޮތީ އީރާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށް ޕޫޓިން ޔަގީންކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު