މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް އުުތުރު ކޮރެއާއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ "ލާއިންސާނީ އުދުވާނީ އަމަލެއް" ކަމަށެވެ. އަދި މިއީ އެމެރިކާގެ އަމިއްލަ އެދުމާއި ބާރުވެރިކަން ދެއްކުމަށްޓަކައި ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ގައުމުން ވަނީ ސިފަކޮށްފައެވެ.
އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ (ކޭ.ސީ.އެން.އޭ) މެދުވެރިކޮށް އާންމުކުރި މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ގޮތުން ބިރުދައްކަމުން ދިއުމަކީ މިފަދަ ހަމަލާއެއް ދޭނެކަމުގެ ކުރީގެ ނިޝާނެއް ކަމަށާއި، މިއީ އެމެރިކާގެ އިސްތިއުމާރީ ސިޔާސަތުތަކުގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށެވެ.
އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހަ މަސަލަސްކަން ގެއްލި، މުޅި ސަރަހައްދުގެ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެ ގައުމުތަކުން ޒިންމާދާރުވާންޖެހޭނެ ކަމަށް އުތުރު ކޮރެއާއިން ބުންޏެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އުތުރު ކޮރެއާއިން ވަނީ އީރާނާއެކު އޮތް ގުޅުން ދަމަހައްޓައި، އެ ގައުމުގެ ދިފާއުގައި އަޑުއުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު